ނިކިލް އަދްވާނީގެ ކުރިއަށް އޮތް ބިރުވެރި ފިލްމު ޝާހިދު ކަޕޫރަށް ހުށަހަޅާފައިވާކަމުގައި ހަބަރުތައް ބުނެފިއެވެ.

އެންމެފަހުން ޝާހިދު ކަޕޫރު ފެނިގެންދިޔަ ''ކަބީރު ސިންގު'' ގައި ހުށަހަޅައިދިން ރޯލުން ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވާއިރު، ބެލުންތެރިން އެންމެ އިންތިޒާރު ކުރަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ''ޖާޒީ'' އަށެވެ. މިހާރުވެސް އެކްޓިންގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޝާހިދު، ވަރަށް އަވަހަށް ވެބް ސީރީސްއަކުންވެސް ފެނިގެން ދާނެކަމުގައި ހަބަރުތައް ބުނެއެވެ.

''ބަޓްލާ ހައުސް''ގެ ޕްރޮޑިއުސަރު ނިކިލް އަދުވާނީގެ ކުރިއަށް އޮތް ބިރުވެރި ފިލްމު ޝާހިދަށް ހުށަހަޅާފައިވާ ކަމަށާއި، އެފިލްމުގެ މަޝްވަރާތައް ކުރެވި، އެއްބަސްވުމުގެ މަސައްކަތްކުރަމުން އަންނަ ކަމުގައި ބޮލީވުޑް ގެ ހަބަރުތައް ބުނެއެވެ.