ފިލްމު ކަބީ ޚުޝީ ކަބީ ޣަމް އިން އެންމެ ފާހަގަކޮށްލެވިގެން ގޮސްފައިވަނީ ކަރީނާ ކަޕޫރު ކުޅެދީފައިވާ ޕޫ ގެ ރޯލެވެ.
ކަރީނާއެކޭ އެއްވަރަށް ޕޫގެ ކުޑައިރުގެ ރޯލު ކުޅެދިން މަލްވިލާ ރާޖު އަށްވެސް އޭރު ވަނީ ގިނަ ބައެއްގެ ތައުރީފު ލިބިގެން ގޮސްފައެވެ.
މަލްވިކާ ރާޖް އަކީ ފިލްމު ޕްރޮޑިއުސަރު ބޮބީ ރާޖްގެ ދަރިފުޅު އަދި ޖަގްދީޝް ރާޖަށް ކާފަ ކިޔާ ކުއްޖެކެވެ. މަލްވިކާ ރާޖް މިވަނީ ކުޑައިރު ލިބުނު ކާމިޔާބަށްފަހު އޭނާ އެކްޓިންއާ ދުރަށް ދިޔަ ސަބަބު ކިޔައިދީފައެވެ.
ކިޔެވުން ކުރިއަށް ގެންދިއުމަށްޓަކައި، މަލްވިކާ ކެމެރާއާ ދުރުގައި ހުރުމަށް ބެލެނިވެރިން ނިންމި ކަމަށާއި، އެކަމަށް މިހާރު ޝުކުރު ކުރާ ކަމުގައި އޭނާ މިވަނީ ބުނެފައެވެ. ހިންދުސްތާން ޓައިމްސަށް ދީފައިވާ އިންޓަވިއުއެއްގައި މަލްވިކާ ބުނެފައިވަނީ އޭރު ގިނަ ހުށަހެޅުންތަކެއް ލިބެމުން އައި ކަމަށާއި ނަމަވެސް މައިންބަފައިން އޭނާގެ ކިޔެވުމަށް އިސްކަންދީ ކިޔެވުން ކުރިއަށް ގެންދިއުމަށް ހިތްވަރުދިން ކަމަށެވެ.
ކިޔެވުން ނިންމާލުމަށްފަހު އަނެއްކާވެސް ބޮލީވުޑަށް ނުކުތުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އިޝްތިހާރު ތަކަށާއި ފިލްމުތަކަށް އޮޑިޝަންތަކުގައި ބައިވެރިވަމުން އަންނަކަމުގައި މަލްވިކާ ވަނީ ބުނެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން