ކަރަން މެހެރާ އާ ދެކޮޅަށް އަނެއްކާވެސް ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.
އަނިޔާ ކުރާ ކަމަށް ބުނެ އަންހެނުން ނިޝާ ރަވަލް މިފަހަރު ހުށަހެޅި މައްސަލައިގައި ކަރަންގެ އިތުރުން އޭނާގެ އާއިލާއާ ވެސް ވަނީ ހިމަނައިފަ އެވެ.
ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ ގެ ތަރި ކަރަން މެހެރާ އާ ދެކޮޅަށް މީގެ ކުރިން ނިޝާ މައްސަލަ ހުށަހަޅައި ދޮގު ތުހުމަތުތަކެއް ކޮށްފައިވަނީ އޭނާގެ އަގު ވައްޓާލަން ކަމަށް ކަރަން ވަނީ ބުނެފައެވެ.
މީގެ ކުރިން ކަރަން މީޑިއާއަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ދެމަފިރިންގެ ދޭތެރޭ މައްސަލަތައް ބޮޑު ވެ، އެކުގައި ނޫޅެވޭނެ ކަމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް ބަދަލެއްގެ ގޮތުގައި ނިޝާ އެދިފައިވަނީ ފައިސާގެ ބޮޑު އަދަދެއް ކަމަށެވެ. މިކަމަށް އެއްބަސް ނުވުމުން ދެމީހުންގެ ދޭތެރޭ ގިނަ މައްސަލަތައް ޖެހެމުން އައިސްފައިވާ ކަމަށް ކަރަން ވަނީ ބުނެފައެވެ.
އޭގެ އިތުރުންވެސް ކަރަން ބުނެފައިވަނީ ދަރިފުޅު ކަވިޝް، ނިޝާ ގާތުގައި ބެހެއްޓުން ރައްކާތެރި ނޫން ކަމަށާއި، ދަރިފުޅާ މެދު ވިސްނޭ ކަމަށެވެ.
މި ފަހަރުގެ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
މީގެ ކުރިން ކަރަންގެ މައްސަލަ ފުލުހަށް ހުށަހެޅުމަށްފަހު ނިޝާ ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވައި ކަރަން އަނިޔާ ކުރާ ކަމަށާއި ކައިވެނީގެ ބޭރުން ގުޅުންތައް ބާއްވަމުން އަންނަކަމުގެ އިތުރުން، ނިޝާގެ ބޭންކު އެކައުންޓުން އޭނާއަށް ނޭނގި ފައިސާވެސް ނަގާފައިވާ ކަމުގެ ތުހުމަތުތައް ކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން