ސާޖިދު ނަދިޔަދްވާލާގެ ކުރިއަށް އޮތް ފިލްމުގެ ތަރިންގެ ގޮތުގައި ކަރްތިކް އަރްޔަން އާއެކު ޝްރަދާ ކަޕޫރު ހަމަޖެހިފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެފި އެވެ.
ސާޖިދު ނަދިޔަދްވާލާގެ ފިލްމު ''ސަތިޔަނަރަޔަން ކި ކަތާ'' މީގެކުރިން އިއުލާނުކޮށްފައިވާއިރު ލީޑް ރޯލުން ކަރްތިކް އަރްޔަން ފެނިގެން ދާނެ ވާހަކަ އޮތީ ހާމަކޮށްފައެވެ.
ނަމަވެސް ކަރްތިކާއެކު ބަތަލާއެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ކޮން ތަރިއެއް ކަން މީޑިއާތަކަށް މިހާތަނަށް ތިލަވެފައެއް ނުވެއެވެ. ބޮލީވުޑުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިފިލްމުގައި ކަރްތިކާއެކު ބަތަލާއެއްގެ ގޮތުގައި ޝްރަދާ ކަޕޫރު ފެނިގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޝްރަދާއަށް މިފިލްމު ހުށަހަޅައި އޭނާ ވަނީ ކުޅެދޭން އެއްބަސްވެފައެވެ. މިކަން އަދި ރަސްމީކޮށް އާންމު ކޮށްފައި ނުވިނަމަވެސް، ހަގީގަތަކަށް ވެއްޖެނަމަ މިއީ ޝްރަދާ ކަޕޫރާއި ކަރްތިކް އަރްޔަން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމަށް ވެގެންދާނެއެވެ. އަދި ފިލްމަކުން މިދެތަރިން އެކުގައި ދެކިލުމަށް ބޭނުންވެފައިވާ ތިބި ފޭނުންނަށް މިއީ ހަމަގައިމުވެސް އުފާވެރި ހަބަރަކަށް ވެސް ވެގެން ދާނެކަން ޔަގީނެވެ.
ފިލްމު ''ސަތިޔަނަރަޔަން ކި ކަތާ'' ބިނާވެފައިވަނީ ލީޑް ކެރެކްޓާއަށް ކަމުން، ފިލްމުގެ ބޮޑުބައެއް އަމާޒު ކުރެވިފައިވަނީ ކަރްތިކަށެވެ. ނަމަވެސް ބަތަލާގެ ގޮތުގައި ޝްރަދާއަށް ހުށަހަޅާފައިވަނީވެސް މުހިއްމު ރޯލެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން