ފިލްމު އިންޑަސްޓްރީގައި ޝާހުރުކް ހާން މެދުނުކެނޑި 29 އަހަރު ފުރުން ފާހަގަކޮށް ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފިއެވެ.
ބޮލީވުޑްގައި 29 އަހަރު ފުރިހަމަ ކޮށް ފޭނުން އެކަން ފާހަގަކުރަމުން އަންނާތީ ޝާހްރުކް ހާން ވަނީ އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް ޓުވީޓެއް ކޮށްފައެވެ.
1992ވަނަ އަހަރު ''ދީވާނާ'' އިން ބޮލީވުޑަށް ނުކުތް ޝާހްރުކް ހާން ވަނީ 'ރާޖޫ ބަންގަޔާ ޖެންޓަލްމޭން'' ''ޑަރް'' ''ބާޒީގަރް'' ފަދަ ފިލްމުތަކުން މީހުންގެ ހިތްތައް ފަތަހަކޮށްފައެވެ. އަދި 1995 ގައި ނުކުތް ''ދިލްވާލޭ ދުލްހަނިޔާ ލޭޖާޔޭނގޭ'' އިން އޭނާވަނީ ސުޕަސްޓާރަކަށް ބަދަލުވެގެން އައިސްފައެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް މިހާތަނަށް ކުޅެފައިވާ ޝާހްރުކް ހާން އިންޑަސްޓްރީގައި 29 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ފޭނުން އަންނަނީ ''ގޯލްޑަން 29އިޔަރސް އޮފް އެސްއާރްކޭ'' ހޭޝްޓެގް ބޭނުންކުރަމުންނެވެ.
އޭނާގެ ފޭނުންނަށް ޝުކުރު އަދާކޮށް ކޮށްފައިވާ ޓުވީޓުގައި ޝާހު ވަނީ ގާތްގަނޑަކަށް 30 އަހަރު ވަންދެން ފޭނުން އޭނާއަށް ކުރަމުން އަންނަ ސަޕޯޓު ފެނި ހިތް ފުރިގެން ބަންޑުންވާ ކަން ހާމަކޮށް ޝުކުރު އަދާކޮށްފައެވެ.
ޝާހްރުކް ހާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ''ޕަތަން'' ހިމެނެއެވެ. 2018 ވަނަ އަހަރު ނުކުތް ''ޒީރޯ'' އަށްފަހު ނެރުމަށް ހަމަޖެހިފައިވާ ޝާހްރުކް ހާންގެ ފިލްމު ''ޕަތަން''' ގައި ޖޯން އަބްރަހަމް އަދި ދީޕިކާ ޕަދުކޯންވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.
ސިދާތު އާނަންދް ޑައިރެކްޓްކުރާ ޔާޝް ރާޖް ފިލްމު ''ޕަތަން''ގައި ޝާހްރުކް ހާން އާއެކު ހާއްސަ ފެނިލުމެއްގައި ސަލްމާން ހާންވެސް ފެނިގެން ދާނެކަމުގައި ހަބަރުތައް ބުނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން