ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރާ ބޫސްޓާ ތަކުން ދެގުނަ އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނީ، އެކުންފުނީގެ ހިދުމަތްތަކުން އެކްޓިވޭޓް ކުރާ ބޫސްޓާތަކުން %100 އިތުރު ޑޭޓާ އެލަވަންސް ދޭން ނިންމާފައިވާ ކަމަށާއި އެގޮތުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" އަދި ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރާ ބޫސްޓާތަކުންވެސް %100 އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

ދިރާގު ކަސްޓަމަރުން އެކްޓިވޭޓް ކުރާ ބޫސްޓާ ތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ މިމަހުގެ ނިޔަލަށެވެ.

ދިރާގުން ބުނީ، އެކުންފުނިން މަސައްކަތް ކުރަނީ މި ދަނޑިވަޅުގައިވެސް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދީ އެންމެ ފުރިހަމަ އަދި އިތުބާރު ހިފޭ ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެކުންފުނިން ފޯރުކޮށްދިން ޑޭޓާގެ ސަބަބުން ގޭގައި ގިނަ ބަޔަކު ރައްކާތެރިކަމާއެކު ތިބުމަށް އެހީއަކަށް ވެގެންދާނެ ކަމަށްވެސް ބުންޏެވެ.