ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ.
ފުލުހުން، ގެއްލިގެން ހޯދަމުން ދިޔައީ ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ) އެވެ. އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.
އަބޫބަކުރުގެ ހަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާ އެކު މާލޭގައި ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ފުލުހުން ދެންމެ ބުނީ އަބޫބަކުރު އިބްރާހީމް މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.
ދާދި ފަހުން ގެއްލިގެން ހޯދި މީހަކު ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުން ރާއްޖެއިން ބޭރަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ކުޑަ ފިރިހެން ކުއްޖަކު މަރާލާފައި ފޮއްޓަކަށްލައި، މޫދަށް އެއްލައިލާފައި އޮއްވައި ރޭ ދަންވަރު ވަނީ ފެނިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު