Close
ކުޅިވަރު

ގިލްމޯ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މުޙައްމަދު ޝަމްޢޫން

ސްކޮޓްލޭންޑްގެ ޒުވާން މިޑްފީލްޑަރު ބިލީ ގިލްމޯ ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ސްކޮޓިޝް ފުޓުބޯޅަ ފެޑެރޭޝަނުން އިއުލާން ކޮށްފައިވާ ގޮތުގައި، ގިލްމޯ ޕޮޒިޓިވް ވެފައިވާކަން އިނގިރޭސި ސިއްހީ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.

ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގިލްމޯ މިވަގުތު ހުރީ އެކަހެރި ވެގެން ކަމަށާއި، ކުރިއަށް އޮތް ކްރޮއޭޝިއާގެ މެޗު ގިލްމޯއަށް ގެއްލޭނެ ކަމަށެވެ.

ޗެލްސީއަށް ކުޅެމުން އަންނަ ގިލްމޯ ވަނީ ސްކޮޓްލޭންޑުން އެންމެފަހުން އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާގެ ހައިރާން ކުރުވަނިވި ކުޅުމަށް މީސްމީޑިއާގައި ވަނީ ތައުރީފު ބަންޑުން ކޮށްލާފައެވެ.