އިންޑިއާގެ މަޝްހޫރު ވެބް ސީރީސްތަކުގެ ތެރެއިން ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ފެމިލީ މޭން އަންނަނީ ގިނަ ބައެއްގެ ހިތްތައް ފަތަހަކުރަމުންނެވެ.
އެމޭޒަން ޕްރައިމް ވީޑިއޯއިން ސްޓްރީމް ކުރާ ވެބް ސީރީސް ފެމިލީމޭން2 މިމަހު ރިލީސްކުރުމާއެކު މީސްމީޑިއާގައި އެ ސީރީޒްއާ ގުޅުވައިގެން ތަފާތު މީމްތައްވެސް ވަނީ ވައިރަލްވެގެން ގޮސްފައެވެ.
ތަރިންގެ ގޮތުގައި ފެނިގެންދާ މަނޯޖް ބަޗްޕާއީ، ސަމަންތާ އަކިނޭނީ، ޝާރިބް ހާޝްމީ އަދި ޕްރިޔަމަނީގެ ހުށަހެޅުންތަކަށްވެސް ތައުރީފު ލިބެމުން އަންނައިރު، އެންމެފަހުން ބޮލީވުޑް ތަރި ތާބޫ މިވަނީ ފެމިލީމޭންގެ ފޭނަކަށް ވެފައެވެ. ރާޖް އަދި ޑީކޭ ޑައިރެކްޓުކޮށް އުފައްދާފައިވާ ވެބް ސީރީސަށް ތާބޫ ވަނީ މަނޯޖް ބަޗްޕާއީ ފެނިގެންދާ ފެމިލީ މޭންގެ ޕޯސްޓަކާއެކު ކާސްޓާއި ކުރޫންނަށް އަތްތިލަ ބަޑީގެ އިމޯޖީއެއް ހިއްސާކޮށް އިންސްޓަގްރާމުގައި ތައުރީފު ބަންޑުން ކޮށްލާފައެވެ.
ތާބޫގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ފެނިގެން ދާނީ ކަރްތިކް އަރްޔަން އަދި ކިޔާރާ އަދްވާނީއާއެކު ބޫލްބުލައްޔާ2 އިންނެވެ. މިދިޔަ އަހަރުގެ ޖުލައި 31 ގައި ރިލީސްކުރަން ހަމަޖެހިފައި އޮތް މި ފިލްމު ކޮވިޑުގެ ސަބަބުން ފަސްކުރެވިފައި އޮތުމަށްފަހު ނޮވެމްބަރު މަހުގެ ތެރޭގައި ރިލީސްކުރަން ވަނީ ނިންމައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން