މިލްކާ ސިންގުގެ ރޯލު ކުޅެދިން ފަރްހާން އަހްތަރު މިލްކާގެ ވަކިވެ ދިޔުން އަސަރުގަދަ މެސެޖަކާއެކު ފާޅުކޮށްފި އެވެ.
އިންޑިއާގައި އުފެދުނު ކުޅަދާނަ ދުވުންތެރިޔާ މިލްކާ ސިންގު ކޮވިޑު ބަލީގައި މަރުވި ހަބަރު އިންޑިއާގެ ގިނަ ބަޔަކު ހިއްސާކުރަމުން އަންނަނީ ފުން ހިތާމައާ އެކުގައެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ތަރިންވެސް ހިމެނެއެވެ.
މިލްކާ ސިންގުގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމު ބާގް ބިލްކާ ބާގްގައި އޭނާގެ ރޯލު ކުޅެދިން ފަރްހާން އަހްތަރުވެސް ވަނީ އޭނާ މަތިން ހަނދާންކޮށް ޓުވީޓެއް ކޮށްފައެވެ.
މިލްކާއަށް ހާއްސަކޮށްފައިވާ މެސެޖަކާއެކު ފަރުހާން ބުނެފައިވަނީ މިލްކާގެ ބުރަ މަސައްކަތުގެ ސަބަބުން އެންމެންގެ ހަޔާތާއި ކުޅެލާފައިވާ ކަމަށެވެ. އީމާންތެރި ކަމާއި ތެދުވެރިކަމާއެކު ބުރަ މަސައްކަތް ކޮށްގެން ކޮންމެ މީހަކަށްވެސް ކާމިޔާބާ ހަމައަށް ވާސިލު ވެވިދާނެކަން ދައްކައިދީފައިވާ ކަމަށާއި، މިލްކާގެ ހަނދާންތައް ދުވަހަކުވެސް ފުހެވިގެން ނުދާނެކަން ފަރުހާނުގެ ހާއްސަ މެސެޖުގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުންވެސް މިލްކާ ދެކެ އޭނާ އަބަދުވެސް ލޯބިވާނެ ކަމުގައި ބުނެފައިވެ އެވެ.
ކޮވިޑު ބަލީގައި މިލްކާ މަރުވެފައިވަނީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވި ފަރުވާކުރަމުން އަންނަނިކޮށް މިދިޔަ ހުކުރު ދުވަހުގައެވެ. ކޮވިޑު ބަލީގައި މިލްކާ މަރުވެފައިވާއިރު އޭނާގެ އަންހެނުން ނިރުމާ ކުއަރު ވަނީ ވަރަށް ފަހުން މަރުވެފައެވެ. މިލްކާގެ އާއިލާއިން އޭނާ މަރުވި ހަބަރު ހިއްސާކުރުމާއެކު ބޮލީވުޑު ތަރީން ކަމަށްވާ ޝާހް ރުކް ހާން، ޕްރިޔަންކާ ޗޯޕްރާ، އަކްޝޭ ކުމާރު، އަނުޕަމް ހޭރު އަދި ސުނިލް ޝެޓީ ފަދަ އެތައް ތަރީންނެއް ވަނީ މީސް މީޑިއާގައި ހިތާމަ ފާޅުކޮށްފައެވެ. މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ މިލްކާގެ ވަކިވެދިޔުމާ ގުޅިގެން ޓުވީޓެއް ކުރައްވައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން