އަށްޑިހަ އާއި 90ގެ އަހަރުތަކުގައި ގޯވިންދާ-ނީލަމްގެ ޖޯޑަށް ލިބުނު މަގުބޫލުކަމާ އެއްވަރަށް ޗަންކީ ޕާންޑޭ އަދި ނީލަމް ކޮތާރީގެ ޖޯޑަކީވެސް ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގަތް، މަގުބޫލު ޖޯޑެކެވެ. އެގޮތުން ''ޕާޕް ކީ ދުނިޔާ''، އާގް ހީ އާގް'' ފަދަ އޭރުގެ މަޝްހޫރު ފިލްމުތަކުން ފެނިގެން ގޮސްފައިވާ މިދެތަރިންނަކީ މިހާރުވެސް ގާތް ދެ ރަހުމަތްތެރިންނެވެ.
އީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޗަންކީ ބުނީ، އަންހެނުން ބާވްނާ އާއި ނީލަމްއާ ދެމެދުވެސް ރަނގަޅު ގުޅުމެއް އޮންނަ ކަމަށެވެ. ބާވްނާ އާއި ނީލަމް އަންނަނީ ކަރަން ޖޯހަރުގެ ވެބް ޝޯ ''ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް''ގައި އެކުގައި މަސައްކަތް ކުރަމުންނެވެ. އަދި އެކަކު އަނެކަކު ގެއަށް ވަރަށް ގިނައިން ގޮސް ހަދައި ކަމަށާއި އެގޮތުން ނީލަމްއާ ދިމާވާ ގިނަ ފަހަރުތަކުގައި ފިލްމު ކުޅުނު ދުވަސްވަރުގެ ހަނދާންތައް އާކުރާ ކަމަށް ބުންޏެވެ.
އިންޓަވިއުގައި ނީލަމްގެ ވާހަކަދައްކަމުން ޗަންކީ ބުނީ، ނީލަމްއަކީ އޭރުވެސް މީހުންގެ ލޯބި ހޯދާފައިވާ މަޝްހޫރު ތަރިއެއް ކަމަށާއި 1987ގެ ފިލްމު ''އާގް ހީ އާގް' ގައި ނީލަމްއާއެކު މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވި ކަމަށެވެ. ނަމަވެސް އެ ފިލްމު ކުޅެން އުޅުމުގެ ތެރޭގައި އޭނާއާ ހެދި ނީލަމްގެ ފައި ފިހުނު ކަމަށް ބުންޏެވެ.
އެ ހާދިސާ ހިނގި ގޮތް ކިޔައި ދެމުން ޗަންކީ ބުނީ، ފިލްމުގެ މަންޒަރެއްގައި ކައިވެންޏެއް ކުރިއަށް ދަނިކޮށް ނީލަމް ހުރިތަނުން ގޮވައިގެން ސައިކަލުގައި ފިލަން އުޅުމުގެ ތެރޭގައި ސައިކަލު ކަހާލައިގެން ވެއްޓި، ނީލަމްގެ ފައި ފިހުނު ކަމަށެވެ. އެ ހާދިސާއަށްފަހު ނީލަމްގެ ފަރާތުން ވަރަށް ގިނައިން މައާފަށް އެދުނު ކަމަށާއި ނީލަމްއަކީ އޭރުވެސް ވަރަށް ހިތްވަރު ގަދަ މީހެއް ކަމަށް ޗަންކީ ބުންޏެވެ.
މިދިޔަ ހަފުތާގައި ސުޕަ ޑޭންސާ 4 ގައި ނީލަމް-ގޯވިންދާއަށް ހާއްސަކޮށް ގެނައި އެޕިސޯޑުގައި އެ ދެތަރިން ވަނީ ބައިވެރިވެފައެވެ. އެ ޖޯޑާ ގުޅޭ ގޮތުން ވާހަކަދައްކަމުން ޗަންކީ ބުނީ، ނީލަމްއާއެކު ގިނަ ފިލްމުތަކެއްގައި އެކުގައި މަސައްކަތް ކުރެވުނު ނަމަވެސް، ގޯވިންދާ-ނީލަމްގެ ޖޯޑަކީ އޭނާއަށްވެސް ވަރަށް ކަމުދާ ޖޯޑެއް ކަމަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން