މާލޭގައި އެކަނި ނުކުމެ ކަސްރަތު ކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާއަށް ދޭ ލުއިތަކާއެކު މާލޭ ސަރަހައްދުގައި އެކަނި ނުކުމެ ކަސްތަރު ކުރެވޭނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ކާފިއުގެ ވަގުތު ހަވީރު 4:00 އިން ހެނދުނު 4:00 އަކަށް ކުޑަކޮށްފައިވާ ކަމަށާއި އެހެންކަމުން އެކަނި ކަސްރަތު ކުރާ މީހުންނަށް ފަތިހު 4:00 އިން ހެނދުނު 8:00 އަކަށް އެކަނި ކަސްރަތު ކުރުމުގެ ފުރުސަތު އިތުރު ހުއްދައަކާ ނުލައި ލިބޭނެ ކަމަށެވެ.
"މި ބަދަލުތަކާއެކު އެކަނި ކުރާ ކަސްރަތުތަކަށް ޕާމިޓާ ނުލާ ބޭރަށް ނުކުމެ ކަސްރަތު ކުރެވޭނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، އެކަނި ކަސްރަތު ކުރުމުގެ ހުއްދަ ދިން ނަމަވެސް ގްރޫޕް ހަދާފައި ކަސްރަތަށް ނުނިކުމެވޭނެ ކަމަށާއި އެގޮތަށް އެކަން ނުކުރަން އެދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު