އެކަނި ގޮސް ނަމާދު ކުރެވޭ ގޮތަށް މާލެ ސަރަހައްދުގެ މިސްކިތްތައް އަލުން ހުޅުވާލަން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑާ ގުޅިގެން މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދޭން ނިންމާފައިވާ ކަމަށާއި ލުއިތައް ދޭނީ ދެ ހަފްތާގެ މުއްދަތަކަށް ކަމަށެވެ.
އެގޮތުން މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި އެކަނި ގޮސް ނަމާދު ކުރެވޭނެ ގޮތަށް މިސްކިތްތައް ހުޅުވާލަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ކޮވިޑާއި ގުޅިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.
މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި އެކަނި ގޮސް ނަމާދު ކުރެވޭނެ ގޮތަށް މިސްކިތްތައް ހުޅުވާލަން ނިންމިއިރު މާލެ ސަރަހައްދުގައި ހުރި 41 މިސްކިތުގެ ތެރެއިން 37 މިސްްކިތުގައި މިހާރުވެސް ވަކިން ގޮސް ނަމާދު ކުރެވެއެވެ.
ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށް ކުރިއަށް އޮތް ދެ ހަފްތާއަށް ދޭ ލުއިތަކުގެ ތެރޭގައި މިސްކިތްތައް ހުޅުވާލުމުގެ އިތުރުން ކާފިއުގެ ވަގުތު ކުޑަކުރުމާއި އެކަނި ކަސްރަތައް ނުކުތުމުގެ ހުއްދަ ދިނުމާއި ގައިޑްލައިނެއްގެ ދަށުން ސެލޫންތަކާއި ބޯކޮށާތަންތަން ހުޅުވުމުގެ ހުއްދަ ދޭން ނިންމުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު