ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިއަދު އުމުރުން 55 އަހަރުގެ އަންހެން މީހާ މަރުވީ ކޮވިޑްގެ ސަބަބުން ނޫން ކަމަށް ކަނޑައަޅައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ 11:49 ހާއިރު މަރުވެފައިވަނީ އުމުރުން 55 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 198 ވަނަ މީހާ ކަމަށެވެ. އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އަންނަނިކޮށެވެ.
ނަމަވެސް އެޗްޕީއޭއިން މިރޭ ބުނީ ފަހުން ހެދި އެސެސްމަންޓްތަކުން އެމީހާ މަރުވީ ކޮވިޑް ޖެހިގެން ނޫން ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އެހެންކަމުން އެއީ ކޮވިޑް މަރެއް ނޫން ކަމަށް މިހާރު ކަނޑައަޅާ ކަމަށެވެ.
މި މަރުގެ އިތުރުން މިއަދު ވަނީ ކޮވިޑްގެ ޖެހިގެން ޒުވާނަކު މަރުވެފައެވެ. މިއަދު މަރުވެފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ.
މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 198 އަށް އަރާފަ އެވެ. އެއީ 183 ދިވެހީންނާއި 15 ބިދޭސީންނެވެ.
ޚަބަރު
ޚަބަރު