ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، އެ ބަލީގައި މަރުވި މީހުންގެ އަދަދު 198 އަށް އަރައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑު ބަލީގައި މިއަދު މަރުވެފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ.
މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 198 އަށް އަރާފަ އެވެ. އެއީ 183 ދިވެހީންނާއި 15 ބިދޭސީންނެވެ.
މިއަދު ވަނީ އުމުރުން 55 އަހަރުގެ ދިވެހި އަންހެނަކުވެސް މަރުވެފައެވެ. އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އަންނަނިކޮށެވެ. ނަމަވެސް އެ މަރަކީ ކޮވިޑް މަރެއް ނޫންކަމަށް ފަހުން ވަނީ ނިންމައިފައެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނައިން މީހުން މަރުވެފައިވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފަ އެވެ.
ޚަބަރު
ޚަބަރު