އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ހަސަން ޒަކަރިއްޔާ އައްޔަން ކޮށްފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނީ، އެސްޖީގެ މަގާމަށް ހަސަން ޒަކަރިއްޔާ އައްޔަން ކުރަން އެ ކޮމިޝަނުން ނިންމީ މިއަަދު ކަމަށެވެ.

އެސްޖީގެ މަގާމަށް އައްޔަން ކުރި ހަސަން ޒަކަރިއްޔާ މިއަދާ ހަމައަށް މަސައްކަތް ކުރައްވަމުން ގެންދެވީ އިލެކްޝަންސް ކޮމިޝަންގެ އެކްޓިން ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައެވެ.

އިލެކްޝަންސް ކޮމިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ހަސަން ވަނީ، އިންތިހާބުތައް ބޭއްވުމުގައި މިހިއްމު މަސައްކަތްތަކެއް އެ ކޮމިޝަނަށް ކޮށްދެއްވައިފަ އެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް، ހުސްވި 2020 ވަނަ އަހަރުގެ، އިސީގެ އަހަރީ ރިޕޯޓާބެހޭ މައުލޫމާތުތައް ދެއްވީވެސް ހަސަން ޒަކަރިއްޔާ އެވެ.