ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ދާއިރާ ގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ތަމްރީނު ކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީއާ 394,500.00 ރުފިޔާ އަށް މިއަދު ހަވާލުކޮށްފި އެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.
މި އެއްބަސްވުމުގެ ދަށުން ހއ. ހދ. ށ. އަތޮޅުގެ ފެނާއި ނަރުދަމާގެ ޔުޓިލިޓީ ޚިދުމަތްދޭ ރަށްތަކުގެ ޔޫޓިލިޓީ ކުންފުނިތަކަށް އަމާޒުކޮށް މިދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ. ހަމައެހެންމެ ޖީސީއެފް ފަންޑުގެ ހިލޭ އެހީގައި ސަރުކާރުން ފެނުގެ ނިޒާމް ގާއިމްކުރާ ހަތަރު ރަށް ކަމުގައިވާ ހދ. ނޮޅިވަރަންފަރު، ށ. ފޯކައިދޫ، ރ. މަޑުއްވަރީ އަދި ބ. ދަރަވަންދޫ ގައި ފެނާއި ނަރުދަމާގެ ޔުޓިލިޓީ ޚިދުމަތްދޭ ރަށްތަކުގެ ޔޫޓިލިޓީ ކުންފުނިތަކަށް ވެސް އެ ޕްރޮގްރާމް ވަނީ އަމާޒުކޮށްފަ އެވެ.
އެންވާރަމެންޓް މިނިސްޓްރީން ބުނީ މިތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ ސެޓްފިކެޓް ލެވަލް 3 ގެ ފެންވަރުގައި ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭންގެ 3.1 ވަނަ ސްޓެރަޓަޖީގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން 2023 ވަނަ އަހަރު ނިމެންވާ އިރަށް ފެނާއި ނަރުދަމާ ނިޒާމްތައް ހިންގާ ބަލަހައްޓާ އޮޕަރޭޓަރުން ސެޓްފިކެޓް ލެވެލް 3 އަކަށް ތަމްރީނުވެފައި ތިބުމަށްވަނީ ކަނޑައަޅާފައެވެ،" މިނިސްޓްރީން ބުންޏެވެ.
މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ހަ މަސް ދުވަހުގެ ތެރޭގައެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ