ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ހަވީރު 4:30 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ، ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނީ ކޮވިޑް-19އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ދެއްވުމަށް ކަމަށެވެ.
ރައީސް އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ މީގެ ދެ ހަފުތާ ކުރިން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ.
ދޮޅު ގަޑިއަރަށް ދެމިގެން ދިޔަ އެ ބައްދަލުވުން ބާއްވާފައި ވަނީ ވާޗުއަލްކޮށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ނުދެވި 12 ޖަހަން ވެފައިވަނިކޮށް ބައްދަލުވުން ވަނީ ނިންމާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު