އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒް ކޮވިޑަށް ޕޮޒިޓިވްވީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
މިނިސްޓަރު ފައްޔާޒް މިއަދު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ހާލު ރަނގަޅު ކަމަށާއި މިވަގުތު ހުންނެވީ ދެ ދަރީންނާއި އަނބިމީހާއާ އެކުގައި ކަމަށެވެ.
“ހާލު ރަނގަޅު. ޕޮޒިޓިވްވީ މިމަހުގެ އެއްވަނަ ދުވަހު. މިހާރު އިރާދަކުރެއްވިއްޔާ ރަނގަޅުވަމުން އަންނަނީ. އަޅުގަނޑުގެ ދެ ކުދިންނާއި އަނބިމީހާއާ އެއްކޮށް މިތިބީ. އެންމެންގެ ހާލު ވެސް ރަނގަޅު.“ މިނިސްޓަރު ވިދާޅުވިއެވެ
މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮވިޑަކީ އާދައިގެ ރޯގާއެއް ނޫން ކަމަށެވެ.
މިނިސްޓަރު ފައްޔާޒަށް ކޮވިޑް ޖެހުނު އިރު، ނައިބު ރައީސް ފައިސަލް ނަސީމާއި ފަަސްޓް ލޭޑީ ފަޒްނާ އަހުމަދަށްވެސް މީގެ ކުރިން ކޮވިޑް ޖެހިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު