ކޮވިޑު ބަލީގައި ހާލު ގޯސްވެގެން ގއ. ދާންދޫން މާލެ ގެނައި ޒުވާނަކު މަރުވެއްޖެއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ދާންދޫ، ވިޔަވަތި، މަރިޔަމް އިބްރާހިމް (މަރީ) އެވެ. އުމުރުން 27 އަހަރުގެ މަރީ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ފަރުވާދެމުން ދަނިކޮށް، ފަތިހުގެ ވަގުތެއްގައެވެ.
"ވަން"އަށް މައުލޫމާތުދެމުން މަރީގެ އާއިލާ އިން ބުނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ކޮވިޑުގެ އަލާމާތްތައް ފެނިގެން ސާމްޕަލް ނަގާފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ކަމަށާއި ހާލު ސީރިއަސްވާން ފެށުމުން އޭގެ ތިން ދުވަސް ފަހުން ދާންދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކުރެވުނު ކަމަށެވެ.
މަރީގެ ހާލު ގޯސްވާން ފެށުމުން ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ފޮނުވާލި އިރުވެސް ކޮވިޑަށް ނެގި ސާމްޕަލްގެ ނަތީޖާ ލިބިފައި ނުވާ ކަމަށާއި ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ހޮސްޕިޓަލުން ސާމްޕަލު ނަގައި އިތުރު ޓެސްޓެއް ހެދުމުން ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ބުނީ މަރީގެ ހާލު ގޯސްވުމުން މާލެއަށް ގެނައީ ވެންޓިލޭޓަރު ގުޅައިގެން ކަމަށާއި ފުލައިޓު ތެރޭގައި ވެންޓިލޭޓަރުގެ ބެޓަރި ޑައުންވި ކަމަށެވެ. އަދި ބެޓަރި ޑައުންވުމުން އޮކްސިޖަން ދިނުމަށް ޕަމްޕެއް ބޭނުންކުރި ކަމަށް ވެސް އޭނާ ބުންޏެވެ.
މަރީ މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހާލު ގޯސް ކަމަށާއި މަރީއަކީ ސިއްހީ އެއްވެސް މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށެވެ. އަދި މަރުވި އިރުވެސް މަރީ އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
މަރީއަކީ ކޮވިޑު ބަލީގައި ރާއްޖެއިން މަރުވި 181 ވަނަ މީހާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު