ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ބަލައިގަތުމުގެ ސުންގަޑިތައް އަންނަ ހަފްތާގެ 10 ވަނަ ދުވަހާއި ހަމައަށް ފަސްކޮށްދީފި އެވެ.
މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އަންނަ އަންގާރަ ދުވަހާއި ހަމައަށް އޮންނައިރު އެ މުއްދަތުގެ ތެރޭގައި ޒަރުރީ ބޭނުންތަކަށް ބޭރަށް ނިކުމުވޭނީ ހާއްސަ ހުއްދައެއް ލިބިގެންނެވެ.
"މި މުއްދަތުގައި އަންނަ ޓެކުހާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަނޑިތައް 10 ޖޫން 2021 އަށް ފަސްކޮށްފީމެވެ،" މީރާ އިން ނެރުނު އިއުލާނެއްގައި ވަނީ ބުނެފަ އެވެ.
ކޮވިޑް ފެތުރުން ހުއްޓުވުމަށް ބޭރަށް ނިކުތުން މަދުކުރުމަށް މީރާ އިން ވަނީ އެ އޮތޯރިޓީއަށް ހުށަހަޅާ ހުރިހައި ޓެކްސް ބަޔާނާއި ދައްކަން ޖެހޭ ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމްތައް ހަމަޖައްސާފަ އެވެ. އަދި މީރާ އިން ބާރު އަޅަނީ ވެސް އޮންލައިންކޮށް ހިދުމަތްތައް ހޯދުމަށެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)