މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުލިބި ހުރި ފައިސާގެ ތެރެއިން 623 މިލިއަން ރުފިޔާ ހޯދައިފިއެވެ.

މީރާ އިން އިއްޔެ އާންމުކޮށްފައިވާ ރިޕޯޓްގައި ބުނީ އެ އޮތޯރިޓީއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ސެޕްޓެމްބަރު މަހު ޖުމުލަ 623 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.

އެ ގޮތުން ނޯޓިސް ފޮނުވައިގެން 395 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 87 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ވެސް މީރާއިން ބުންޏެވެ.

މީގެ އިތުރުން އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 123 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށް މީރާއިން ބުނެފައިވެއެވެ.

މީރާ އިން ބުނީ ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 10 މިލިއަން ރުފިޔާ އަދި ބޭންކް އެކައުންޓް ފްރީޒް ކޮށްގެން 8 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށެވެ.