ކަސްޓަމަރުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ހާއްސަ އޮފާތަކެއް ދިރާގުން ކަސްޓަމަރުންނަށް ހަމަޖައްސައިދީފިއެވެ.

ދިރާގުން ވަނީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންގެ ޕެކޭޖުތަކަށް ލިބިގެންދާ ޑޭޓާގެ އިތުރަށް އެއްވެސް ހަރަދަކާ ނުލައި ހިލޭ ޑޭޓާ މިމަހަށް ދީފައެވެ. އެގޮތުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މިމަހު %30 ހިލޭ އިތުރު ޑޭޓާ ލިބިގެންދިޔަ އިރު، ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 އާއި %200 އާ ދެމެދުގެ ހިލޭ ޑޭޓާ ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުން ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް %30 ހިލޭ އިތުރު އެލަވަންސް ލިބިގެން ދިޔަ އިރު، ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅުއްވާ ކަސްޓަމަރުންނަށް %30 ހިލޭ އިތުރު އެލަވަންސް ވަނީ ފޯރުކޮށްދީފައެވެ.

މި ދުވަސްވަރަކީ ގޭގައި ތިބެގެން ގިނަބަޔަކު އޮފީސް މަސައްކަތް ރިމޯޓްކޮށް ކުރިއަށްގެންދިޔުމާއި ކިޔަވާކުދިން ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވާން ޖެހިފައިވާ ދުވަސްވަރެއްކަމުން އިތުރަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން މިދިޔަ މަހުގެ 27 އިން މިމަހުގެ ނިޔަލަށް ނަގާ ބޫސްޓާ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ވެސް ދިރާގުން ވަނީ އިތުރު ޑޭޓާ ދޭން ފަށައިފައެވެ.

  • ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ
  • މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާއަކުން ދެ ގުނަ އިތުރު ޑޭޓާ ލިބިގެންދާނެ
  • ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް %50 އިތުރު އެލަވަންސް ކޮމްބޯ ޕޮލޭންތަކުން ލިބިގެން ދާއިރު، %200 އިތުރު ޑޭޓާ އެލަވަންސް މިނީ ޑޭޓާ އެޑްއޮންތަކުން އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ލިބިގެންދާނެ
  • ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" ބޫސްޓާ އެކްޓިވޭޓް ކޮށްގެން %100 އިތުރު އެލަވަންސް ލިބިގެންދާނެ
  • ދިރާގު ޑޭޓާ ސިމުން އެކްޓިވޭޓް ކުރާ ބޫސްޓާތަކުން %100 އިތުރު އެލަވަންސް ލިބިގެންދާނެ
  • ދިރާގު ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 1 ޖޫން އިން 30 ޖޫންގެ ނިޔަލަށް އެކްޓިވޭޓް ކުރާ ޕެކޭޖްތަކުން %30 އިތުރު ހިލޭ ޑޭޓާ އަލަވަންސް ލިބިގެންދާނެ
  • ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމް އިން 1 ޖޫން އިން 30 ޖޫންގެ ނިޔަލަށް އެކްޓިވޭޓް ކުރާ ޑޭޓާ އެޑް-އޮން ތަކުން %30 ހިލޭ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ

ދިރާގުން އިތުރަށް ބުނީ މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުން އަންނަ ޕްރޮމޯޝަނުގެ ދަށުން މިމަހުގެ ނިޔަލަށް އެކްޓިވޭޓް ކުރާ ޑޭޓާ އެޑް-އޮންތަކަށް %50 ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.