ބަހުރޭނަށް އެނބުރި ދިއުމަށް އާއިލާއިން އަންނަނީ ވަރަށް ބޮޑަށް އެދެމުން ކަމަށް ބޮލީވުޑުގެ ބަތަލާ ޖެކޮލިން ފެނާންޑެޒް ބުނެފިއެވެ.
ޖެކޮލިން ބުނި ގޮތުގައި ބަހުރޭނުގައި ދިރިއުޅެމުން އަންނަ އޭނާގެ އާއިލާ އާއި ލަންކާގައި ތިބި އޭނާގެ އާއިލާއިން އެނބުރި އާއިލާ ގާތަށް އޭނާ ދިއުމަށް އެދެމުން އަންނަނީ އިންޑިއާގައި ކޮވިޑުގެ ހާލަތު އާދަޔާ ހިލާފަށް ބޮޑަށް ގޯސްވެފައި ވާތީ ކަމަށެވެ.
އިންޑިއާގައި ކޮވިޑުގެ ދެވަނަ ރާޅާއެކު ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމަށްފަހު މިހާރު އަންނަނީ ކޮންމެވެސް ވަރަކަށް އަދަދުތައް ދަށް ވަމުންނެވެ.
އިންޑިއާގެ ކޮވިޑުގެ ހާލަތުގެ ސަބަބުން ލަންކާގައި ތިބި އާއިލާއާއި ރަށްޓެހީން އަދި ބަހުރޭނުގައި ތިބި މައިންބަފައިން އޭނާ އެނބުރި ދިއުމަށް ވަރަށް ބޮޑަށް އެދެމުން އައި ނަމަވެސް ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކުގެ ސަބަބުން ދާން އަދި ނުވިސްނާ ކަމުގައި ވެސް ޖެކޮލިން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު ނިމެން އުޅެނިކޮށް އޭނާ ވަނީ ފިލްމު ''ބޫތު ޕޮލިސް'' ގެ ޝޫޓިން ތަކުގައި ބައިވެރިވެފައެވެ. ސައިފް އަލީ ހާން، އަރްޖުން ކަޕޫރު އަދި ޔާމީ ގައުތަމް އާއެކު އެފިލްމުތަކުގެ ޝޫޓިންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން އަކްޝޭ ކުމާރުއާ އެކު އޭނާގެ އެންމެ ފަހު ފިލްމު ''ރާމް ސޭތޫ''ގެ ޝޫޓިންތައް ކުރިއަށް ދަނިކޮށް އަކްޝޭ ކުމާރަށް ކޮވިޑު ޖެހިގެން ވަނީ ޝޫޓިންތައް ހުއްޓުމަކަށް އައިސްފައެވެ.
ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރޯހިތު ޝެޓީގެ ''ސާކަސް''ގެ އިތުރުން އަކްޝޭއާއެކު އިތުރަށް ފެނިގެންދާ ފިލްމު ''ބަޗަން ޕާންޑޭ'' ހިމެނެއެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ ''މިސިޒް ސީރިއަލް ކިލާ'' ގެ އިތުރުން ސަލްމާންގެ އެންމެ ފަހުގެ ފިލްމު ''ރާދޭ''ގެ ހާއްސަ ލަވައަކުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން