ކޮވިޑް 19އާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން އަނެއްކާވެސް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނީ، އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ ލުއިތަކެއް ލިބޭނެ ކަަމަށެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒް ވިދާޅުވީ، އުންމީދަކީ އުރީދޫން ފޯރުކޮށްދޭ އާ އޮފާތަކާއެކު އެކަކު އަނެކަކާ ގުޅުވާލަދީ ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް ލުޔެއް ލިބިގެންދިއުން ކަމަށެވެ.
"ކޮވިޑް 19 ޕެންޑެމިކް ފެށުނީއްސުރެ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، މުޖުތަމައުއަށް އަދި އަޅުގަނޑުމެންގެ ޓީމަށްވެސް އުރީދޫ މޯލްޑިވްސްއިން އަންނަނީ އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުން. އެގޮތުން މިއަދު އަޅުގަނޑުމެން އަނެއްކާވެސް އާ ރާޅަކާ ކުރިމަތިލަމުންދާ ހިނދު މި ލޯންޗު ކުރެވުނު ހާއްސަ އޮފާތަކާ އެކު އަޅުގަނޑުމެންގެ އުންމީދަކީ އެކަކު އަނެކަކާ ގުޅުވާލަދީ ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް ލުޔެއް ލިބިގެންދިއުން،" ނިޔާޒް ވިދާޅުވިއެވެ.
- ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50އާ ހަމައަށް އިތުރު ޑޭޓާ
- ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30އާ ހަމައަށް އިތުރު ޑޭޓާ
- ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަގާ %200 އާ ހަމައަށް އިތުރު ޑޭޓާ ލިބުން. މި އެޑް-އޮންތައް މިހާރު "ވަރަށް ތަފާތު"، "އެކު ޕޯސްޓްޕެއިޑް" އަދި "އާޗާ ޕޯސްޓްޕެއިޑް" ގެންގުޅޭ ފަރާތްތަކަށްވެސް ލިބޭނެ
- ޕޯސްޓްޕެއިޑް މަންތުލީ ޑޭޓާ ނަގާ ފަރާތްތަކަށް %50އާ ހަމައަށް އިތުރު ޑޭޓާ
- ސޯޝަލް މީޑިއާއަށް، ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިންއަށް ހާއްސަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް %100އާ ހަމައަށް އިތުރު ޑޭޓާ
- 2 ޖޫން 2021 ގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބާ މެދުވެރިކޮށް ހިލޭ މެސެޖެ ފޮނުވުން
- ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލައި މިހާރު "އެކު ޕޯސްޓްޕެއިޑް"، "ތަފާތު ޕޯސްޓްޕެއިޑް" އަދި "އާޗާ ޕޯސްޓްޕެއިޑް"އަކަށް ވެސް އަޕްގްރޭޑްކޮށްލެވޭނެ
- އާޗާ 1ޖީބީ/ޑޭ ޕްލޭންސްއަށް ދެ ގުނަ ޑޭޓާ، މިގޮތުން ދުވާލަކު 2ޖީބީ ލިބިގެންދާނެ
- މަގޭ ޕްލޭން އެކްސްކްލޫސިވް އޮފާ އާއެކު އުރީދޫ އެޕް މެދުވެރިކޮށް %100 އަށްވުރެ ގިނަ ޑޭޓާ
- ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް ބޭނުންކޮށްލެވުން
އުރީދޫން މިއަދު ތައާރަފުކުރި ހާއްސަ އޮފާތަކާ ބެހޭ އިތުރު މައުލޫމާތު http://ore.do/covid19 އިން ލިބިގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު