ލ. ފޮނަދޫ ގެއެއްގެ ބޭރު ފާރުގެ ބެރިއެއް ވެއްޓި ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓިފައިވަނީ ކަރަންޓީނަށް ލާފައިވާ ގެއެއްގެ ފާރުގެ ބެރިއެކެވެ. ބެރި ވެއްޓި ޒަހަމުވެފައިވަނީ 13 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

މި ހާދިސާ ހިނގީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އެކުއްޖާގެ އަތަށާއި ފަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އަދި އަނގައިން ވެސް ގިނަ އަދަދަކަށް ލޭ އައިސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ.