ބޮލީވުޑް ފިލްމު ''އިންދޫ ކީ ޖަވާނީ''ގެ ޕްރޮޑިއުސަރު ރަޔަން ސްޓެފެން ކޮވިޑު ޖެހިގެން މަރުވެއްޖެއެވެ.
އިލެކްޓްރިކް އެޕަލްސް އެންޓަޓެއިންމަންޓުގެ ކޯ ފައުންޑަރު، ރަޔަން މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައި ގޯއާގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ރަޔަން އުފައްދާފައިވާ ފިލްމުތަކުގެ ތެރޭގައި ''އިންދޫ ކީ ޖަވާނީ'' އަދި ''ދޭވީ'' ހިމެނެއެވެ.
ރަޔަންގެ މަރުގެ ހަބަރާއެކު ކިއާރާ އަދްވާނީ، ވަރުން ދަވަން، މަނޯޖް ބަޗްޕާއީ، ނޭހާ ދޫޕިއާ، ދިޔާ މިރްޒާ އަދި އާލިއާ ބަޓް ފަދަ ތަރިން ވަނީ ސޯޝަލް މީޑިއާގައި އޭނާއަށް ތައުޒިޔާ ކިޔަވަމުންނެވެ. އަދި ރަޔަން ވަކިވެ ދިއުން ގަބޫލުކުރަން ދަތި ކަމަށް ބުނެފައިވެއެވެ.
އެގޮތުން ''އިންދޫ ކި ޖަވާނީ''ގެ ބަތަލާ ކިއާރާ ވަނީ ރަޔަންގެ ފޮޓޯއެއް ހިއްސާކޮށް އޭނާގެ ގާތް ރަހުމަތްތެރިޔާ ވަކިވެގެން ދިޔައީ މާ އަވަހަށް ކަމަށް ބުނެފައެވެ.
ފިލްމު އުފެއްދުމުގެ މަސައްކަތަށް ނުކުތުމުގެ ކުރިން ރަޔަން ވަނީ ''ޖިސްމު''، ''ޕާޕް''، ''ރޯގު'' އަދި އެލްއޯސީ'' ފަދަ ފިލްމުތަކުގައި ޕީއާރު ރެޕްރެޒެންޓެޓިވެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އޭގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައިވެސް ރަޔަން ވަނީ މަސައްކަތް ކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން