ދުނިޔޭގެ ފުރަތަމަ ފްލޯޓިން ގެ މާކެޓަށް ނެރެ، ޑުބާއީ އާ ރެކޯޑެއް ހަދައިފިއެވެ.
ޔޫއޭއީ އަށް ނިސްބަވްތާ ޝިޕިން ކުންފުނި ސީގޭޓްގެ ޝިޕްޔާޑުން ފަރުމާ ކޮށްފައިވާ ފްލޯޓިން ސީ ރިސޯޓު ނެޕްޓިއުނުގެ އެޕާޓުމަންޓުތައް ވިއްކަން އިއުލާނު ކޮށްފައިވާއިރު މިއީ ތިމާވެށްޓާ ރަށްޓެހި ގޮތަކަށް ފަރުމާކޮށް ދުނިޔޭގައި އަލަށް ވިއްކަން ފެށި ފުރަތަމަ ފްލޯޓިން ގެތަކެވެ.
ދެބުރިއަށް ހަދާފައި ހުންނަ މި ގޭގައި ހަތަރު ކޮޓަރިއާއި އެޓޭޗް ފާހާނާ ހިމެނޭއިރު، ބެލްކަންޏާއި ސުވިމިން ޕޫލެއްގެ އިތުރުން ބަދިގެއާއި ސިޓިން ރޫމަކާއި މަސައްކަތު މީހުން އުޅޭނެ ބޮޑު ދެ ކޮޓަރި ހިމެނޭ، ބިއްލޫރިން ތަށިމުށި ޖަހާފައިވާ މި ގޭގެ ބޮޑުމިނުގައި 900 އަކަފޫޓު ހުރެއެވެ.
ހައިޑްރޯލިކް އިންޖީނުގެ އެހީގައި ފްލޯޓިން ގެތައް އެއްތަނުން އަނެއް ތަނަށް ބަދަލުވުމަށް އެހީތެރިވެދޭ އިރު، އޮޓޮމެޓިކު ސިސްޓަމުން އޮޕަރޭޓު ކުރާ ގޮތަށް ފަރުމާކޮށްފައިވާ މި ގެތަކުގައި ބޭނުންކުރާނީ ސޯލާ އެނާޖީ އާއި ސުމާޓު ޓެކްނޮލޮޖީ ކަމަށް ފަރުމާ ކުރި ފަރާތްތަކުން ވަނީ ބުނެފައެވެ.
ފްލޯޓިން ގެތައް ތއާރަފު ކޮށްފައި މިވަނީ ރަސް އަލް ހައިމަރުގެ އަލް ހަމްރާ ޕޯޓުގައެވެ. މަޑުކުރުމަށް ނިންމާފައިވަނީ ޑުބާއީގެ ޖުމެއިރާގައެވެ.
ސީގޭޓް ޝިޕްޔާޑުގެ ސީއީއޯ މުހައްމަދު އަލްބަހްރަވީ ވިދާޅުވިގޮތުގައި މި ޕްރޮޖެކްޓު ޑުބާއީގައި ލޯންޗުކުރުމުގެ ބޭނުމަކީ އެގައުމުން ހޯދާފައިވާ އުމްރާނީ ތަރައްގީ އާއި ފަތުރުވެރިކަމާއި ވިޔަފާރީގެ މަންޒިލަކަށް އެގައުމު ވެފައިވާތީ އެވެ.
މި ޕްރޮޖެކްޓުގެ ދަށުން 12 ދޯންޏާއިއެކު 156 ސުއިޓާއި ކޮޓަރިތައް ހިމެނޭ ހޮޓަލެއް ގާއިމުކުރެވިގެންދާނެ ކަމުގައި އެފަރާތުން މައުލޫމާތު ދެއެވެ. 870 މިލިއަން ދިރުހަމްގެ މި ބިޔަ ޕްރޮޖެކްޓުގެ މަސައްކަތް މުޅިން ނިންމާލުމަށް އަމާޒު ހިފާފައި ވަނީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ފްލޯޓިންގ ނެޕްޓިއުންގެ ފުރަތަމަ ގެ ގަނެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޑުބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ބަލްވިންދަރު ސަހާނީ ނުވަތަ އާއްމު ނަމުން ނަމަ އަބޫ ސަބާހު ކިޔާ މީހެކެވެ. އޭނާ ވަނީ 20 މިލިއަން ދިރުހަމަށް މީގެ ފްލޯޓިންގ ގެއެއް ގަނެފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި