ރާއްޖޭގެ 53 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލު ކޮށްފައި ވާނެ ކަމަށާއި އެއީ ރެކޯޑެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، 2019 ވަނަ އަހަރުން ފެށިގެން ފިނޭންސް މިނިސްޓްރީގެ ޓެންޑާ މެދުވެރިކޮށް 14.9 ބިލިއަން ރުފިޔާގެ މަޝްރޫއު އެވޯޑް ކުރެވިފައިވާ ކަމަށާއި އެއީ މީގެ ކުރިން ދުވަހަކުވެސް އެވޯޑް ނުކުރާހާ ގިނަ މަޝްރޫއު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 1.2 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަރަދުކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ހަރަދެެއް ހިނގާފައިވަނީ ރަށްރަށުގެ ފެނާއި ނަރުދަމާ އެޅުމާއި ބަނދަރު ހެދުމާއި ސިއްހީ ކަންކަމަށް ކަމަށް ވިދާޅުވިއެވެ.
"2021 ވަނަ އަހަރު އެކަނިވެސް ރާއްޖޭގެ 53 ރަށެއްގެ ފެނާއި ނަރުދަމާގެ ޕޮރޮޖެކްޓްތައް އެވޯޑްކޮށްފައިވާނެ. އަދި އަށް ރަށެއްގެ މަގުހެދުމުގެ މަޝްރޫއުތައް އަޅުގަނޑުމެން އެވޯޑްކޮށްފައިވާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 6.1 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގަން ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު