އަކްޝޭ ކުމާރުގެ ސޫރްޔަވަންޝީގައި ސިންގަމް އަދި ސިމްބާގެ ކެރެކްޓާ ފެނިދާނެ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެފި އެވެ.
ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ ސޫރްޔަވަންޝީއަކީ އަކްޝޭ ކުމާރު ސިފައިންގެ މީހެއްގެ ރޯލުން ފެންނަ ފިލްމެކެވެ. މީގެ ކުރިން ސިފައިންގެ މީހެއްގެ ރޯލުން ރަންވީރު ސިންގު ފެނިގެންދާ ސިމްބާ އަދި އަޖޭ ދޭވްގަން ފެނިގެންދާ ސިންގަމް އަކީވެސް ރޯހިތު ޝެޓީގެ ފިލްމުތަކެވެ.
އަކްޝޭގެ ކުރިއަށް އޮތް ސޫރްޔަވަންޝީގައި ރަންވީރު އަދި އަޖޭ ދޭވްގަންގެ ސިމްބާ އަދި ސިންގަމް ކެރެކްޓާގެ ގޮތުގައި ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގެސްޓް އެޕެއަރެންސެއްގެ ގޮތުގައި ނޫންކަމަށްވެސް ބައެއް ހަބަރުތައް ބުނެއެވެ. ސޫރްޔަވަންޝީއަކީ އަކްޝޭގެ ފިލްމެއް ކަމަށް ވީ ނަމަވެސް، ރަންވީރު ސިންގް އަދި އަޖޭ ދޭވްގަންގެ 30 މިނެޓުގެ ސީންތަކެއް މި ފިލްމުގައި ފެނިގެންދާނެ ކަމަށް ވެއެވެ.
ސޫރްޔަވަންޝީއަކީ ކޮވިޑުގެ ހާލަތުގެ ސަބަބުން ރިލީސްކުރުން ލަސްކުރެވިފައިވާ ފިލުމެކެވެ. މި ފިލްމު ރިލީސްކުރާނެ ގޮތަކާއި ތާރީހެއް އަދިވެސް ނިންމިފައި ނުވާއިރު، އަންނަ ޖޫން މަހުގެ މެދެއްހައި ހިސާބުގައި ފިލްމު ރިލީސްކުރާނެ ގޮތުގެ ތަފުސީލު ހިއްސާ ކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން