ޝިލްޕާ ޝެޓީގެ އާއިލާ ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ދުރުގައި ހުރުމަށްފަހު ސުޕަ ޑާންސާ 4 ގެ ސެޓާ އަލުން ގުޅިއްޖެއެވެ.

ސުޕާ ޑާންސާ ހަތަރަކަށް ޝިޕްލާ އައިސްފައި މިވަނީ އޭނާއާ އެކު ފިލްމު ދަޅްކަންގައި ފެނިގެންދިޔަ ސުނިލް ޝެޓީއާއެކުގައެވެ.

ފިލްމު ދަޅްކަން އަކީ ސުނިލް ޝެޓީ، އަކްޝޭ ކުމާރު އަދި ޝިލްޕާ ޝެޓީ ފެނިގެން ދިޔަ ވަރަށް ކާމިޔާބު ފިލްމެކެވެ. މިފިލްމުގައި ޝިލްޕާ އަންޖަލީގެ ގޮތުގައި އަދި ސުނިލް ޝެޓީ ދޭވްގެ ރޯލުން ފެނިގެންދެއެވެ. ޝިލްޕާ އަދި ސުނިލް ޝެޓީއަށް ސުޕަ ޑާންސާގެ ސެޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. ދެ ތަރިން ސްޓޭޖަށް އަރާއިރު ''ތުމް ދިލްކީ ދަޅްކަން ހޯ'' ލަވަ ޖަހާފައި ހުރެއެވެ.

ކުރިއަށް އަންނަން އޮތް ސުޕަ ޑާންސާ 4 ގެ އެޕިސޯޑުގައި ހާއްސަ މެހެމާނަކީ ސުނިލް ޝެޓީއެވެ. ސުނިލްގެ ކެރިއަރުގައި ކުޅެފައި ހުރި ފިލްމުތަކުން މަޝްހޫރު ވި ލަވަތަކަށް ހުށަހެޅުންތެރީންގެ ނެށުންތައް މި އެޕިސޯޑުގައި ފެނިގެންދާނެއެވެ.

ޝިލްޕާ ވަނީ ވަރަށް ފަހުން އޭނާގެ މުޅި އާއިލާ ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން ޝޯއިން ދުވަސްކޮޅަކަށް ދުރަށް ގޮސްފައެވެ. މިދުވަސްކޮޅު ޖަޖެއްގެ ގޮތުގައި އޭނާގެ ބަދަލުގައި ޝޯގައި ހަރަކާތްތެރިވެފައިވަނީ މަލާއިކާ އަރޯރާއެވެ.

ޝިލްޕާ ފިޔަވައި އޭނާގެ މުޅި އާއިލާ ކޮވިޑަށް ޕޮޒިޓިވްވިކަން މީޑިއާގައި ވަނީ މީގެ ކުރިން ހިއްސާކޮށްފައެވެ. އަދި މިހާރު ކޮވިޑުން ރަނގަޅު ވެ އޭނާ ވަނީ ސުޕަ ޑާންސާ ހަތަރަކާ އަލުން ގުޅިފައެވެ. ހަފުތާ ބަންދުގައި ދެއްކުމަށް ހަމަޖެހިފައިވާ މިއެޕިސޯޑުގެ ޓްރޭލައިއަށް ވަނީ މީސް މީޑިއާގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބެން ފަށާފައެވެ.