''ވޯލްޑް ބީސް ޑޭ'' ޕްރޮމޯޓުކުރުމަށް އެންޖެލީ ޖޯލީ ފޮޓޯ ޝޫޓެއް ނަގައިފިއެވެ.
''ވޯލްޑް ބީސް ޑޭ'' އަށްޓަކައި ޖޮލީ ނެޝަނަލް ޖިއޮގްރަފިކް ޗެނަލްއާ ގުޅިގެން ކުޅަނދުރު ތަކާއެކު ނެގުމަށް ހަމަޖެހުނު ފޮޓޯޝޫޓަށް އޭނާ ތައްޔާރުވި ގޮތް ވެސް މިވަނީ ކިޔައިދީފައެވެ.
ނެޝަނަލް ޖިއޮގްރޮފިކް ޗެނެލްގެ ފޮޓޯގްރާފަ ޑޭން ވިންޓާސްގެ ''ވޯލްޑް ބީސް ޑޭ'' ގެ މި ފޮޓޯ ޝޫޓުގައި އޭނާވަނީ 18 މިނިޓު ވަންދެން މުޅިގައިގައި ކުޅަނދުރު ހުންނަ ފޮޓޯއަކަށް ހުއްޓި ހުރެފައެވެ.
އެންޖެލީނާ ބުނީ މި ފޮޓޯ ޝޫޓަށް ތައްޔާރު ވުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، ސައިބޯންޏާއި ޝޭމްޕޫ އަދި ސެންޓުގެ ވަހަށް އެ އެއްޗެތި ކައިރި ނުވާނެތީ 3 ދުވަސް ވަންދެން ފެން ނުވަރައި ހުންނަން ޖެހުނު ކަމަށާއި، ޝޫޓިން ކުރިއަށް ދިޔައިރު ނޭފަތަށާއި ކަންފަތަށް އެ އެއްޗެތި ނުވަންނާނެ ގޮތަށް ބަންދު ކުރަން ވެސް ޖެހުނު ކަމަށެވެ. އޭނާ އިތުރަށް ބުނީ ޝޫޓިންގަށް ހުއްޓި ހުރިއިރު ހެދުމުގެ ތެރެއިން ކުޅަނދުރު އޭނާގެ ފައިން މައްޗަށް އަރަމުންދާ ކަމުގެ އިހުސާސުވެސް ކުރެވުނު ކަމަށާއި ނަމަވެސް ޝޫޓިން ނިމެންދެން އެގޮތުގައި ހުރި ކަމަށެވެ. ކުޅަނދުރުތައް އޭނާގެ މޫނުގަ އާއި ގައިގެ ވަށައިގެން ތަތް ވެ އެނބުރެމުން ދިޔައިރު ތަފާތު އިހުސާސެއް ކުރުވި ކަމަށާއި އޭނާއަށް އުނދަގޫ ކަމަކަށް ދިމާވީ މަޑުމަޑުން ހުއްޓި ހުރުމަށް ކަމުގައި ފާހަގަކޮށްފައި ވެއެވެ. އަދި މި ތަޖުރިިބާ ހިއްސާކޮށްލަން ލިބުނީތީ އުފާކުރާ ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
ކުޅަނދުރުތަކުގެ އާބާދީ ދެމެހެއްޓުމުގެ މުހިއްމު ކަމަށް އަލިއަޅުވާލައި ވާހަކަދައްކަމުން އެންޖެލީނާ ބުނީ ގިނަ މީހުންނަށް ވަށައިގެންވާ މާހައުލުގައި ކުރެވޭ ކުދިކުދި ކަންތަކުގެ ސަބަބުން ދިރުންތައް ގެއްލިގެން ދިޔުމަށް މަގުފަހިކުރާކަން ނޭނގޭ ކަމަށާއި ކޮންމެ ބަޔަކުވެސް އެމީހެއްގެ ދިރިއުޅުމައިގެން އުޅެމުން އަންނަ ކަމަށެވެ. ކުޅަނދުރަކީ އޭގެ ޒާތުގައި ނުރައްކާތެރި އެއްޗެއް ނޫން ކަމަށާއި އެއީވެސް މި ދުނިޔޭގައި އުޅެން ޖެހޭ އެއްޗެއް ކަމުން އޭގެން އަހަރެމެންނަށް ފައިދާތަކެއް ވާ ކަމަށާއި އެއެއްޗެއްސަށް ވެސް އަހަރެމެންގެ ފަރާތުން ފައިދާތަކެއް ކުރާނެ ކަމާއި އެއީ އެކަން އޮންނަން ވާނެ ގޮތްކަމުގައި އޭނާ އިތުރަށް ބުނެފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅަނދުރު ހަތާ ބެލެހެއްޓުމުގެ މަސައްކަތުގައި އަންހެނުން ބާރުވެރިކުރުމަށް ގެރްލޭން ކުންފުންޏާއި ގުޅިގެން ޔުނެސްކޯ އިން ކުރިއަށްގެންދާ ޕްރޮގްރާމްގެ ވިމެން ފޮ ބީސްގެ ހިންގުންތެރިއެއްގެ މަގާމަށް އެންޖެލީނާ ވަނީ ވަރަށް ފަހުން އައްޔަންކުރެވިފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް