ބިލް އަދި މެލިންޑާ ގޭޓްސްގެ ވަރިއާއެކު މެލިންޑާ ގޭޓްސް ބިލިއަނަރަކަށް ވެއްޖެއެވެ.
މެލިންޑާ ފްރެންޗް ގޭޓްސް އަދި ބިލް ގޭޓްސްގެ ވަރީގެ ކަންތައް ކުރިއަށް ދާއިރު ހަރުމުދާ ބެހުމުގެ މަރުހަލާއަށް ބަލާއިރު، މެލިންޑާއަށް ވާރުތަ ވާ މުދަލާއެކު އޭނާ ބިލިއަނަރަކަށް ވެފައިވާ ކަމުގައި ފޯބްސުން ވަނީ ރިޕޯޓުކޮށްފައެވެ.
މިމަހު 3 ވަނަ ދުވަހު ބިލް ގޭޓްސް އަދި އަންހެނުން މެލިންޑާ ގޭޓްސް ވަރިވާން ނިންމި ކަން އިއުލާނު ކުރި ދުވަހު ބިލް ގޭޓްސްގެ ކެސްކޭޑް އިންވެސްޓްމަންޓުންވަނީ މެލިންޑާއަށް ސެކިއުރިޓީގެ ގޮތުގައި 2.4 ބިލިއަން ޑޮލަރު ދީފައެވެ. މިކަމުގެ ސަބަބުން ބިލް ގޭޓްސްގެ މިލްކިއްޔާތުގައި ހިމެނޭ 130.4 ބިލިއަން ޑޮލަރުން 128.1 ބިލިއަން ޑޮލަރަށް ތިރިއަށް ޖެހިލާފައިވީނަމަވެސް، ދުނިޔޭގެ ރޭންކުން 4ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމުން އޭނާ އުނި ނުވާ ކަމުގައި އެ ރިޕޯޓުގައި ވެއެވެ.
މެލިންޑާއަށް ލިބުނު ހިއްސާގެ ތެރޭގައި 309 މިލިއަން ޑޮލަރުގެ ވިޔަފާރި ހިމެނޭ އޮޓޯ ނޭޝަންގެ 2.94 މިލިއަން ހިއްސާ އާއި 1.5 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ ކެނޭޑިއަން ނޭޝަނަލް ރެއިލްވޭ ކޯޕަރޭޝަންގެ 14.1 މިިލިއަން ހިއްސާ ހިމެނެއެވެ. މީގެ އިތުރުން 120 މިލިއަން ޑޮލަރުގެ މެކްސިކޯގެ ކޮކާކޯލާ ފެމްސާ ކުންފުނީގެ 25.8 މިލިއަން ހިއްސާ އާއި މެކްސިކޯގެ ބްރޯޑްކާސްޓަރެއް ކަމުގައިވާ ގްރޫޕޯ ޓެލެވިސާ އެސްއޭގެ 386 މިލިއަން ޑޮލަރުގެ ވިޔަފާރީގެ 155.4 މިލިއަން ހިއްސާ ވެސް މެލިންޑާއަށް ދީފައިވާ ކަމަށް ފޯބްސްއިން ވަނީ ރިޕޯޓު ކޮށްފަ އެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް