ރާއްޖޭގައި ކޮވިޑް 19ގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިރާގުގެ ހިދުމަތްތައް ހޯދުމަށާއި ބިލުތަކަށް ފައިސާ ދެއްކުމަށް ދިރާގު "މައިއެކައުންޓް" އަދި ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް އެކުންފުނިން އިލްތިމާސްކޮށްފިއެވެ.

ދިރާގުން ބުނީ، އިންޓަނެޓް އަދި މޮބައިލް ޕެކޭޖުތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ހިދުމަތަށް އެޕްލައިކޮށް، ފިކްސްޑް ބްރޯޑްބޭންޑާއި މޮބައިލް ޕެކޭޖުތަކުގެ ޔޫސޭޖް ތަފުސީލު ބަލާލައި، ބިލް ދައްކައި އަދި ދިރާގުގެ އެކި ހިދުމަތަތަކަށް އެދުމަށް ކަސްޓަމާ ކެއާ ސެންޓަރުތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް "މައިއެކައުންޓް" ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށެވެ. އަދި ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބިލު ދައްކާލައި، އެޑް-އޮންސް އަދި ބޫސްޓާސް އެކްޓިވޭޓް ކޮށްލެވޭނެއެވެ. ޕްރީޕެއިޑް ނަންބަރުތައް ޓޮޕް-އަޕް ކުރުން ފަދަ ގިނަ ކަންތައްތައްވެސް ދިރާގު މޮބައިލް އެޕުން ކުރެވޭނެއެވެ.

ދިރާގުގެ "މައިއެކައުންޓް" ހިދުމަތަށް މިހާތަނަށް ރެޖިސްޓާކޮށްފައި ނުވާ ކަސްޓަމަރުން www.dhiraagu.com.mv/ocs މި ލިންކް މެދުވެރިކޮށް ރެޖިސްޓާ ކުރެވޭނެއެވެ. އަދި އެހެނިހެން ކަސްޓަމާ ކެއާގެ ބޭނުންތަކަށް ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް، މެސެންޖާ، ވައިބާ ނުވަތަ ވަޓްސްއަޕް ބޭނުންކުރުމަށް ދިރާގުން އިލްތިމާސްކުރަމެވެ.

ކޮވިޑް 19ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށާއި އެޗްޕީއޭގެ ލަފަޔާއި އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުންވެސް އަމަލުކުރުމަށެވެ.