ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކައިވެންޏަށް 25 އަހަރު ފުރުން ފާހަގަކޮށް އަނބިކަނބަލުން އާއިޝަތު ޝާޒްލީއަށް "ލޯބި" ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވައިފިއެވެ.
އުމަރު ނަސީރު، އަނބިކަނބަލުން ޝަޒްލީނަށް ސަނާ ކިޔުއްވައި، ކުރައްވާފައިވާ ޕޯސްޓުގައި ވަނީ އަނބިކަނބަލުންނަކީ އޭނާގެ ހޯމް މިނިސްޓަރުގެ ގޮތުގައި ނިސްބަތްކުރައްވައިފައެވެ.
އުމަރު ބޯ ކޮށަންވާގޮތާއި، އަޅަންވާ ހެދުމާއި، ޖަހަންވާ ސެންޓުވެސް ނިންމަވާނީ އަނބިކަނބަލުން ކަމަށާއި އުމަރަށްވުރެ ބޮޑަށް މަންމަވެސް އަނބިކަނބަލުން ދެކެ ލޯބިވެވަޑައިގަންނަވާ ކަމަށެވެ. އަދި ދަރިންނާއި ދަނބިދަރިންވެސް އުމަރަށް ވުރެ ބޮޑަށް އަނބިކަނބަލުން ދެކެ ލޯބިވެވަޑައިގެންނަވާ ކަމަށް ވެސް ޕޯސްޓުގައިވެއެވެ.
އުމަރު ވިދާޅުވީ ގޭގެ ފައިސާއާއި އިދާރީ ކަންކަމާއި އަދި ދުވަހުން ދުވަހަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތަކުގެ ވެރިޔަކީވެސް ޝާޒްލީ ކަމަށެވެ. އަދި ޝާޒްލީއަކީ އޭނާގެ ހޯމް މިނިސްޓަރު ކަމަށާއި ގޭގެ ވެރިޔާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރާއި ޝާޒްލީގެ ކައިވެންޏަށް 25 އަހަރު ފާހަގަކޮށް ކުރައްވާފައިވާ މި ޕޯސްޓަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް