ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިވެހި ސިވިލް ސާވިސްގެ ވަޒީފާތަކަށް ފުރުސަތު ލިބޭ ގޮތަށް ނިޒާމު ގާއިމުކުރުމަށް ސިވިލް ސާވިސްގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
ސިވިލް ސާވިސްގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސިވިލް ސާވިސްގެ ވަޒީފާތަކަށް ފުރުސަތު ލިބޭ ގޮތަށް ނިޒާމެއް ގާއިމުވެފައި އޮތުމަށް ބަޔާންކޮށްފައިވެއެވެ. އަދި ސިވިލް ސާވިސްގައި މަސައްކަތް ކުރުމަށް ވަޒީފާ ދޭންވާނީ އެމީހެއްގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ހުނަރާއި ގާބިލުކަމާއި ތަޖުރިބާއަށް ބެލުމަށްފަހުގައިކަމަށްވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އިސްކަންދިނުމަށް ބާރުއަޅައި އެކަންވެސް ވަނީ މި ގާނޫނުގައި ބަޔާންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު