އިސްރާއީލާއި ހަމާސްއާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އަޑު ޔޫއެސް ކޮންގްރެސްގައި ގަދަވެއްޖެއެވެ.
ޔޫއެސް ސެނޭޓުގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމާ ވަނީ ހޯމަ ދުވަހު ކުރިއަށް ދިޔަ ކޮންގްރެސް ޖަލްސާގައި، މިހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފައިވާ މެންބަރުންނަށް ވާގިވެރިވެފައެވެ.
ކޮންގްރެސަށްފަހު ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމުގައި ޝޫމާ ވިދާޅުވެފައިވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގައި އެތައް ފުރާނައެއް ގެއްލެމުންދާތީ މި ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް ގެނައުމަށް އޭނާ ބޭނުންވާ ކަމަށާއި އެގޮތުން މީގެ ކުރިން ޑިމޮކްރެޓް އަދި ރިޕަބްލިކަންގެ ސެނެޓުން މި ކަމަށް އެދި ގޮވާލައި ނެރެފައިވާ ބަޔާނަށް ތާއީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ހަމާސް އާއި އިސްރާއިލާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ނިކަމެތި އެތައް ފުރާނައެއް ގެއްލެމުންދާ ކަމަށާއި މިމައްސަލަ އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށް މިދިޔަ އާދިއްތަ ދުވަހު ސެނޭޓާ ކްރިސް މާފީ އަދި ޓޮގް ޔަންގް ނެރުއްވާފައިވާ ބަޔާނުގައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ