ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަވެއްޖެއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ގައްދޫ ޒާހިރު އަވަހާރަވީ މިރޭގެ ވަގުތެއްގައެވެ. ގައްދޫ ޒާހިރު އަވަހާރަވީ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހުއެވެ. ނަމަވެސް ސިއްހީ ހާލަތާ ބެހޭ ތަފްސީލު ލިބިފައެއް ނުވެއެވެ.
އުމުރުން 70 އަހަރުން މައްޗަށް ގޮސްފައިވާ ގައްދޫ ޒާހިރަކީ 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި، ގައްދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ބޭފުޅެކެވެ. މަޖިލީހަށް ހޮވިވަޑައިގެންނެވުމަށްފަހު، ޒާހިރު ވަނީ 2010 ވަނަ އަހަރު އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ގައްދޫ ދާއިރާގެ މެންބަރުކަން 2009 އިން 2014 ކުރެއްވި ޒާހިރު ވަނީ 2005 އިން 2009 އަށް ގދ. އަތޮޅު މެންބަރުކަން ވެސް ކުރައްވައިފައެވެ. އަދި 2005 އިން 2006 އަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ވެސް މަސައްކަތްކުރެއްވިއެވެ.
ގައްދޫ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ޒާހިރަކީ ގައްދޫ ޒާހިރުގެ ދަރިކަލެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު