ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމަށް ދާދި ފަހުން އައްޔަން ކުރެއްވި މުހައްމަދު ހަބީބު އެ މަގާމުން ވަކިކޮށްފި އެެވެ.
ހަބީބު މި މަގާމަށް އައްޔަން ކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެެވެ.
އެންޑީއޭ އިން ކުރި ޓުވީޓެއްގައި ބުނީ އޭނާ މަގާމުން ވަކިކޮށްފައިވަނީ ޕްރޮބޭޝަން މުއްދަތުގައި ހަވާލުވެ ވަޑައިގެން މަސައްކަތްތައް އެ އެޖެންސީ ބޯޑު މެންބަރުން ހިތްހަމަ ޖެހޭ ވަރަށް ނުކުރެވުމުން ކަމަށެވެ.
މީގެ ކުރިން އެންޑީއޭ ހިންގަމުން އައީ ޖެންޑާ މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް މިމަސްތެރޭގައި ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުގެ ދަށުން އެންޑީއޭ ހިންގުން ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފަ އެވެ.
ރައީސް އޮފީހުން މި ބަދަލު ގެނަސްފައިވާއިރު، ނެޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތައް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާކަން ފާހަގަ ކުރައްވައި އެތަނުގެ މަސައްކަތްތައް ރަނގަޅު ކުރުމަށް، ރައްޔިތުންގެ މަޖިލީހުން ވަނީ ގިނަ ރެކަމެންޑޭޝަން ތަކެއް ސަރުކާރަށް ހުށަހަޅައިފަ އެވެ.
އޭގެ ތެރޭގައި އެ އެޖެންސީ ހިންގުމަށް ބޮޑެތި ބަދަލު ތަކެެއް ގެނައުމުން ފެށިގެން އެޖެންސީން ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް ބަދަލު ގެނައުން ވެސް ހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު