ފިތުރު އީދަށް ހާއްސަކޮށް ސަލްމާންހާންގެ އެންމެ ފަހުގެ ފިލްމު ބޮޑު ސުކްރީނުގައި އަޅުވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އިންޑިއާގެ ކޮވިޑުގެ ހާލަތާ ގުޅިގެން ފިލްމު އަޅުވާފައި ވަނީ އިންޓަނެޓް ޕްލެޓްފޯމު ތަކުގައެވެ.
ފިލްމު ރިވިއުކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ސަލްމާން އަދި ޑިޝާ ޕަޓާނީއަށް މީހުން ޝައުގުވެރިކުރުވާ ފަދަ ގޮތަކަށް ހުނަރު އެންމެ ފުރިހަމައަށް ދެއްކިފައެއް ނުވެއެވެ.
ފިލްމުގެ ކާސްޓު: ސަލްމާން ހާން، ޑިޝާ ޕަޓާނީ، ޖެކީ ޝްރޮފް އަދި ރަންދީޕް ހޫޑާ.
ޑައިރެކްޓަރު: ޕްރަބޫ ދޭވާ
ރޭޓިންގް: 5 އިން 1.5
ރާދޭގެ ރޯލުން ސަލްމާން ހާން ފެނިގެންދާ ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ރާދޭ ކިޔާ ސިފައިންގެ މީހެއްގެ މައްޗަށެވެ. އެއްވެސް ބިރަކާނުލައި ކޮރަޕްޝަނާއި ކުށް މަދުކުރުމުގެ މަގުސަދުގައި ގަވާއިދަކަށް ނުބަލައި ޖެހިލުމެއް ނެތި މަސައްކަތްކުރުމުގެ ސަބަބުން ސަސްޕެންޑު ކޮށްފައިވާ ރާދޭ، ބޮއްސުންލާފައިވާ ޑުރަގުގެ ވަބާ ކޮންޓްރޯލު ކުރުމުގެ މަސައްކަތަށް އެނބުރި ޑިއުޓީއަށް ނެރެއެވެ.
ޑުރަގު ރެކޯޑާއި ސަރަހައްދުގައި ހިނގާ ހުރިހާ ނޭއްގާނީ ކަމެއްގެ ފަހަތުގައި ހުރި ކަމަށް ބެލެވޭ ރާނާ (ރަންދީޕް ހޫޑާ) ހޯދުމުގެ މަސައްކަތް ކުރުމަށް ރާދޭއާ ހަވާލުކުރެއެވެ.
ރާދޭގެ ކެރެކްޓާއަކީ ސަލްމާންގެ ފިލްމު ވޯންޓެޑްގައި ފެނިގެންދާ ކެރެކްޓާއާ އެއްގޮތް ކަރެކްޓާއެއް ކަމަށް ބުނެ މީހުން ސުވާލު އުފައްދާފައިވާއިރު އެކަން އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ. ކޮންމެއަކަސް ރާދޭ، އެސިސްޓަންޓު ކޮމިޝަނާ އޮފް ޕޮލިސް (ޖެކީ ޝްރޮފް) އަށް ރިޕޯޓުކުރަން ޖެހެއެވެ. ރާދޭ ލޯބީގެ ގޮތުން ގުޅެނީ އެސިސްޓަންޓް ކޮމިޝަނަރުގެ ކޮއްކޮ (ޑީޝާ ޕަޓާނީ) އާއެވެ.
ސަލްމާނު ފެނިގެންދާ ޕްރަބޫދޭވާ ޑައިރެކްޓުކުރާ ފިލްމެއް ކަމުން ޔަގީނުންވެސް އެފިލްމެއްގައި ގިނަ އަދަދެއްގެ ލަވަ އާއި ހުނަރުވެރި ނެށުންތަކާއި އާދަޔާ ހިލާފު އެކްޝަންތައް ހިމެނޭނެއެވެ.
ތަރިން ދައްކައިދީފައިވާ ހުނަރަށް ބަލާއިރު އެންމެ ރަނގަޅު އެކްޓިންއެއް ދެއްކިފައިވަނީ ރަންދީޕް ހޫޑާ ކުޅެދިން ރޯލުންނެވެ. ބަލައިލަން ރީތި މޫނެއްގެ ގޮތުގައި އެކަނި ޑިޝާ ހިމަނާފައިވާ ކަމަށް ފެންނަ ކަމަށާއި އޭނާގެ މާބޮޑު މުހިއްމު ރޯލެއް ފިލްމުގައި ހިމަނާފައި ނުވުމުން މިއީ މާޔޫސް ކުރުވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ. ފިލްމުގެ ބޮޑު ޝައުގުވެރިކަމެއް ފެނިގެންދަނީ ރަންދީޕް ހޫޑާގެ އިތުރުން ގޯތަމް ގުލާޓީގެ ކެރެކްޓާއިން ކަމަށް ވީނަމަވެސް ފިލްމު ނިމެންދެން އޭނާއަށްވެސް އެ ޝައުގުވެރިކަން ދެމެހެއްޓިފައެއް ނުވެއެވެ.
ޖެކީ ޝްރޯފުގެ ޝައުގުވެރިކުރުވާ ބައެއް މަންޒަރުތައް ފެނިގެންގޮސްފައި ވީ ނަމަވެސް، އެފަދަ ސީނިއަރު އެކްޓަރެއްގެ ރޯލު ފުރިހަމައަށް ފިލްމުގައި ބޭނުންކޮށްފައި ނުވާ ކަން ފާހަގަކޮށްފައިވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން