މަންމައިންގެ ދުވަހު ޖާންވީ އަދި ހުޝީ ކަޕޫރު ޝްރީދޭވީގެ ހަނދާންތަކާއެކު އިންސްޓަގުރާމުގައި ފޮޓޯތައް ހިއްސާކޮށްފިއެވެ.
މަންމައިންގެ ދުވަހާ ދިމާކޮށް ބޮލީވުޑްތަރިންގެ މީސް މީޑިއާތައް ފުރާލާފައިވަނީ މަންމައާއެކު ނަގާފައިވާ ލޯބި ފޮޓޯތަކާއި މެސެޖުތަކުންނެވެ. ޝާހިދު ކަޕޫރު، އަނަންޔާ ޕާންޑޭ، ކަރީނާ ކަޕޫރު، މަލައިކާ، ސައިފް އަލީ ހާން، ރަންބީރު ކަޕޫރު، ޕްރިޔަންކާ ޗޯޕްރާ ފަދަ އެތަކެއް ތަރިންނެއް މަންމަމެންނާއެކު ނަގާފައިފޮޓޯތައް ހިއްސާކުރަމުން ދުވަހުގެ ތަހުނިޔާ ކިޔާފައިވެއެވެ.
ދުނިޔެ ދޫކޮށްފައިވާ ޝްރީދޭވީގެ ދަރިން ކަމަށްވާ ޖާންވީ ކަޕޫރު އަދި އޭނާގެ ކޮއްކޮ ހުޝީ ކަޕޫރު ވެސް މިވަނީ ކުޑައިރު މަންމައާއެކު ނަގާފައިވާ ފޮޓޯތައް އިންސްޓަގުރާމުގައި ހިއްސާކޮށް މަންމަގެ ހަނދާންތައް އާކޮށްފައެވެ.
2018 ވަނަ އަހަރު ޔޫއޭއީގައި ކައިވެނީގެ ހަފުލާއަކަށް ގޮސް އުޅެނިކޮށް ޝްރީދޭވީ މަރުވެފައިވަނީ ގެނބިގެންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން