ބޮލީވުޑްގެ ތަރި ކަންގަނާ ރަނޯތު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ޓުވިޓާ އިން މިފަހުން ބޭރުކޮށްފައިވާ ކަންގަނާ، އޭނާގެ އިންސްޓަގުރާމުގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިއީ އާދައިގެ ރޯގާއެއް ކަމަށެވެ. އަދި މީޑިއާ އިން މިކަންތައް ބޮޑުކޮށްލައިގެން އުޅެނީ ކަމަށް ބުންޏެވެ.
ކަންގަނާ އިތުރަށް ބުނީ، އޭނާ މިވަގުތު ހުރީ އަމިއްލައަށް ކަރަންޓީނުވެގެން ކަމަށެވެ. އަދި އޭނާ ވަރުބަލިވެ ލޯމައްޗަށް ބަރުވެފައި ހުންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި ކޮވިޑަށް ޓެސްޓު ކުރީ އޭނާ އުޅެބޮޑުވި ހިމާޗަލް ޕްރަދޭޝަށް އެނބުރި ދިއުމަށް ބޭނުން ވެގެން ކަމަށް ބުންޏެވެ.
ކަންގަނާގެ ޕޯސްޓުގައި ކޮވިޑު ދެކެ މާބޮޑަށް ބިރު ނުގަތުމަށާއި މިކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށްވެސް އެދިފައިވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން