ޝިލްޕާ ޝެޓީގެ އާއިލާ ކޮވިޑަށް ޕޮސިޓިވްވެއްޖެއެވެ.
ޝިލްޕާ ޝެޓީގެ އާއިލާ ބައްޔަށް ޕޮޒިޓިވް ވެފައިވީ ނަމަވެސް ޝިލްޕާގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަން އާންމު ކުރީ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައެވެ.
ޝިލްޕާ ބުނީ ފާއިތުވި 10 ދުވަހަކީ އެ އާއިލާއަށް ދަތިދުވަސްތަކެއް ކަމަށާއި، އޭނާގެ މަންމަ އާއި ފިރިމީހާ ރާޖް ކުންދުރާގެ މައިންބަފައިން، ރާޖް ކުންދްރާ އަދި ދަރީން، ސަމީޝާ އަދި ވިއާން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މީގެ އިތުރުން ގޭގައި ގެންގުޅޭ ދެ މުވައްޒަފަކުވެސް ވަނީ ޕޮޒިޓިވް ވެފައި ކަމަށެވެ.
ޝިލްޕާ ބުނީ އެ އެންމެންވެސް ތިބީ ގޭގައި އެކަހެރިވެގެން ކަމަށާއި ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް ކަންކަން ކުރަމުން އަންނަ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން