ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ 10:45ގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ތާވަލުކޮށްފައިވާ އިރު، ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރީ އެއްޗެއް ގޮއްވާލައި ދިން ހަމަލާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަނިޔާތަކެއްވެ، އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މިރޭ 10:45ގައި މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ލޮލަށް އަނިޔާވެގެން ފަރުވާ ހޯއްދަވަމުން އަންނަނީ އޭޑީކޭގެ އޮޕަރޭޝަން ތިއޭޓަރުގައެވެ. މިހާރު އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އޭޑީކޭ ސަރަހައްދާއި ކެނެރީގޭ ސަރަހައްދުގައި މިހާރު ވަނީ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ. އެ ސަރަހައްދުތަކުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަނީ ހަތިޔާރާއެކުގައެވެ.
ޚަބަރު
ޚަބަރު