ކަންގަނާގެ ޓުވިޓާ އެކައުންޓު ސަސްޕެންޑު ކޮށްފިއެވެ.
ތިން މިލިއަން މީހުން ފޮލޯކުރާ ކަންގަނާގެ ޓުވިޓާ އެކައުންޓު މިއަދުގެ ހެނދުނުގެ ވަގުތެއްގައި ސަސްޕެންޑު ކޮށްފައި ވަނީ ވެސްޓު ބެންގާލުގެ ހާލަތު ފެންނަ ވީޑިއޯއެއް އޭނާ ހިއްސާ ކުރި ފަހުންނެވެ.
ކަންގަނާގެ ޓުވިޓާގައި އޭނާ ފާޅު ކުރާ ޝުއޫރުތަކާއި ވީޑިއޯތަކުގެ ސަބަބުން ނުކުންނަ މައްސަލަތައް މީޑިއާތަކުގެ ސަމާލުކަމަށް އާދެއެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު އޭނާ ކުރި ޓުވީޓުތަކެއް، އިންޑިއާގައި ޓުވިޓާ ބޭނުންކުރުމުގެ ގަވާއިދުތަކާއި ފުށުއަރާ ކަމަށް ބުނެ ވަނީ ނަގައިފައެވެ.
އެކައުންޓު ސަސްޕެންޑު ކުރުމުން ކަންގަނާ ނެރުނު ބަޔާނެއްގައި ބުނީ، މިކަމުން އޭނާ ބުނަން އުޅޭ ވާހަކަ ސާބިތުކޮށްދޭ ކަމަށެވެ. އަދި ފެށުނީއްސުރެ ދޮން މީހުންގެ މަސައްކަތަކީ ކުލަ ތަފާތު މީހުން އަޅުވެތިކުރުން ކަމަށާއި ބޭނުމަކީ ހަމައެކަނި އެބައި މީހުން ބޭނުންވާ ގޮތަށް އެންމެންވެސް ވިސްނައި ކަންތައް ކުރުން ކަމަށެވެ.
ކަންގަނާ ބުނީ، އޭނާގެ އަޑުއުފުލުމަށް ޓުވިޓާ ނޫންވެސް ތަފާތު ގިނަ ވަސީލަތްތައް އެބަހުރި ކަމަށާއި އޭނާ މަސައްކަތް ކުރާ ދާއިރާއިންވެސް އެކަން ކުރެވިދާނެ ކަމަށެވެ. އަދި ގައުމުގެ ރައްޔިތުންނާމެދު އޭނާ ހަމްދަރުދީވާ ކަމަށާއި ޒަމާނުއްސުރެ އުފެދިފައި އޮންނަ އަޅުވެތިކަމަށް ނިމުމެއް ނެތް ކަމަށްވެސް އޭނާ ބުންޏެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން