ޕާކުތަކާއި މައިޒާންތަކާއި ދުވާ ޓްރެކުތައް ބަންދުކޮށް، ކުޅިވަރު ކުޅުމާއި މުބާރާތްތައް ބޭއްވުން ވެސް މަނާކޮށްފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރުވަމުންދާތީވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، މިރޭ އާންމުކޮށްފައިވާ އުސޫލުތަކުގައިވާ ގޮތުން ބުދަ ދުވަހުން ފެށިގެން، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަކި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކުތައް ވަނީ ބަންދުކޮށްފައެވެ. އަދި ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.
ސުކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ސަރުކާރު އޮފީސްތައްވެސް ދިހަ ދުވަހަށް ބަންދު ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމައިފައެވެ. އަދި މާލެ ސަރަހައްދުގައި މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން މާލެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތައް ދިހަ ދުވަހަށް ކަރަންޓީންވާން ޖެހޭ ގޮތަށްވެސް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު