މި ރޯދަމަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މިގެނެސްދޭ ލިޔުންކޮޅުތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.
ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓު ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ޕެނޭ މަރިނާރާ ރެސިޕީއެވެ.
250ގ ޕެނޭ ޕާސްތާ (ފެނުކައްކާފައި)
75ގ ޑިނގާ (ނޮޅާ ސާފުކޮށް ހަދާ މެދުން ފަޅާފައި)
75ގ ބޯވަދިލަމަސް (ސާފުކޮށް ހެދުމަށްފަހު ހަތަރެސްކަނަށް ކޮށާފައި)
2 މޭޒުމަތީސަމުސާ އޮލިވް އޮއިލް
1 މޭޒުމަތީސަމުސާ ލޮނުމެދު (ކޮށާފައި)
2 މޭޒުމަތީސަމުސާ ފިޔާ (ކޮށާފައި)
1 ޖޯޑު ޓޮމާޓޯ (ކޮށާފައި)
1 ޖޯޑު ޕީލްޑް ޓޮމާޓޯ
2 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް
1 ސައިސަމުސާބެސިލް (ކޮށާފައި)
1 ސައިސަމުސާ އޮރިގާނޯ
2 މޭޒުމަތީސަމުސާ ޕާމެސަން ޗީޒް
މުގުރި އަސޭމިރުސް އަދި ލޮނުކޮޅެއް
ތެޔޮކޮޅެއް އުނދުންމަތީ ހޫނުކުރުމަށްފަހު ބޯވަދިލަމަހާއި ޑިނގާކޮޅު ރޯފިލުވާލާށެވެ. އަދި ލޮނުމެދާއި ފިޔާކޮޅު އަޅައިގެން މީރުކޮށްލާށެވެ.
ޓޮމާޓޯކޮޅު އަޅާ އެއްކޮށްލުމަށްފަހު ޕީލްޑް ޓޮމާޓޯ އަދި ޓޮމާޓޯ ޕޭސްޓާއި ލޮނު އަދި އަސޭމިރުސްކޮޅެއް އަޅައިގެން 10 މިނިޓު ވަންދެން ކައްކާލާށެވެ. ސޯސްގަނޑު ތެރެއަށް ބެސިލް އަދި އޮރިގާނޯ އެޅުމަށްފަހު އެންމެފަހުން ޕާސްތާކޮޅު އަޅައިލާށެވެ.
ގިނި މަޑުކޮށްލުމަށްފަހު 1 މޭޒުމަތީސަމުސާ ޕާމެސާން ޗީޒު އެއްކޮށްލާށެވެ. އަދި އުނދުންމަތީން ބޭލުމަށްފަހު ތައްޔާރުކުރެވުނު ޕާސްތާކޮޅު ތަށްޓަކަށް ނެގުމަށްފަހު މައްޗަށް ބާކީ ހުރި ޕާމެސާން ޗީޒްކޮޅު ބުރުވާލުމަށްފަހު ޕާސްލީކޮޅަކުން ޒީނަތްތެރިކޮށްލެވިދާނެއެވެ.
ވަން ރެސިޕީ
ވަން ރެސިޕީ