އެމެރިކާގެ ޓެކްސަސް އަންހެނަކު ކުއްޔަށް ގެންދިޔަ ވީއެޗްއެސް ޓޭޕެއް އަނބުރާ ނުގެންގޮސް އޮވެގެން ކުށްވެރިވެފައިވާ ކަން އޭނާއަށް 22 އަހަރު ފަހުން އެނގިއްޖެއެވެ.
ކެރަން މެކްބްރައިޑް ނަމަކަށް ކިޔާ މި އަންހެން މީހާ ބުނާ ގޮތުގައި ވީއެޗްއެސް ޓޭޕެއް އޭނާ ކުއްޔަށް ނެގިކަމެއްވެސް ހަނދާނެއް ނެތެވެ. އަދި އެ ޓޭޕު ކުއްޔަށް ދޫކޮށްފައިވާތަންވެސް މީގެ 10 އަހަރުކުރިން ވަނީ ބަންދުކޮށްފައިވާ ކަން ވަނީ އެނގިފައެވެ.
ކުއްޔަށް ހިފާތަކެތި އަނބުރާ ރައްދު ނުކުރުމުގެ ދައުވާއެއް 52 އަހަރުގެ މެކްބްރައިޑުގެ މައްޗަށް ކުރެވިފައިވަނީ އޭނާ ކުރިން ދިރިއުޅުނު އޮކްލަހޯމާ ސިޓީގައި ''ސަބްރީނާ ދަ ޓީނޭޖް ވިޗް'' ގެ ޓޭޕު އަނބުރާ ރައްދު ނުކޮށް އަހަރެއް ވުމުން 2000 ވަނަ އަހަރުގެ މާޗުގައި ކަމުގައި ވެއެވެ. މެކްބްރައިޑް ލަފާކުރާ ގޮތުގައި އެ ޓޭޕަކީ އޭނާ އޭރު ރަށްޓެހިވެގެން އުޅުނު މީހާ މެކްބްރައިޑުގެ ނަމުގައި ކުއްޔަށް ނަގާފައިވާ ޓޭޕެކެވެ.
މެކްބްރައިޑަށް މިފަދަ ކުށެއްގެ ތުހުމަތު އޭނާގެ މައްޗަށް އުފުލިފައިވާކަން އެނގުނީ މީހަކާ ކައިވެނިކޮށް އޮކްލަހޯމާއިން ޓެކްސަސް އަށް ބަދަލުވުމަށް ލައިސަންސުގައި އޮންނަ އޭނާގެ ނަން ބަދަލުކުރަން އުޅުމުގެ ތެރޭގައެވެ.
މެކްބްރައިޑް އަންނަނީ މިމައްސަލައިގައި އޮކްލަހޯމާއިން ވަކީލަކު ހަމަޖެއްސޭތޯ މަސައްކަތްކުރަމުން ކަމަށާއި ނަމަވެސް ބައެއް މީހުން އޭނާގެ މައްޗަށް އުފުލިފައިވާ މި ދައުވާގެ މައްސަލައާއި ހަވާލުވާން ބޭނުން ނުވާ ކަމަށާއި، މިފަދަ މައްސަލަތަކުގައި ބައެއް މީހުން ޖަލަށް ދާން ޖެހިފައިވާ ކަމަށްވެސް އޭނާ ގާތު ބައެއް ވަކީލުން ބުނެފައިވާކަން ފާހަގަކޮށްފައި ވެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް