އިންޑިއާގެ އޮޓޯ ޑުރައިވަރެއް ކަމުގައިވާ ޖާވިދުހާން އޭނާގެ އޮޓޯ ރިކްޝާ އެމްބިއުލާންސަކަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި އެވެ.
ޖާވިދުގެ ސްޓޯރީ ވަނީ އިންޑިއާގެ ބޮޑެތި މީޑިއާތަކުގެ ސުރުހީތަކުން ވެސް ޖާގަ ހޯދައިފަ އެވެ.
އިންޑިއާގެ ބޯޕާލުގައި ދިރިއުޅެމުން އަންނަ ޖާވިދު ހާނު ބުނެފައިވަނީ އިންޑިއާގެ ކޮވިޑުގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުންދާއިރު އެމަންޒަރު ބަލަން ގޭގައި އިނުމަކީ އޭނާއަށް ކުޅަދާނަ ކަމަކަށް ނުވި ކަމަށެވެ.
18 އަހަރު ދުވަސް އޮޓޯ ދުއްވުމުގައި ހޭދަކޮށްފައިވާ 34 އަހަރުގެ ޖާވިދު ބުނީ އޭނާގެ އާއިލާގެ މީހަކަށް ކޮވިޑު ޖެހިފައި ނެތްނަމަވެސް ފަރުވާ ނުލިބި މަރުވަމުންދާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ކޮންމެވެސް ކަމެއް ކުރަން ބޭނުންވީ ކަމަށާއި އެގޮތުން އާއިލާގެ ލަފައާއި އެހީތެރިކަމާއެކު އޭނާގެ އޮޓޯ އެމްބިއުލާންސަކަށް ބަދަލުކޮށް ހިލޭ ސާބަހަށް އޮކްސިޖަން އާއި ބޭހާއި ސެނިޓައިޒާގެ ހިދުމަތް ދެމުން އަންނަ ކަމަށެވެ. މި 3 ދުވަހުގެ ތެރޭގައި އެކަނިވެސް، ހޮސްޕިޓަލުން ފަރުވާ ބޭނުންވާ ވަރަށް ހާލަތު ގޯސްވެފައިވާ 10 މީހަކު އެހިސާބަށް ގެންދިއުމުގައި އޭނާގެ ރިކްޝާ އެމްބިއުލާންސުން އެހީތެރިވެދީ ފުރާނަ ސަލާމަތްކޮށްދެވުނު ކަން އޭނާ ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.
މިކަމަށް ހަރަދު ކުރުމަށް އަންހެނުން ކީޝްވަރުގެ ރަން ފަށެއް ދިން ކަމަށާއި، އޮކްސިޖަން ސިލިންޑަރުތައް ފުރުމަށް ކޮންމެ ދުވަހަކު 600 ރުޕީސް ހޭދަކޮށް އެމަސައްކަތަށް ދުވާލަކު 4-5 ގަޑިއިރުގެ ދިގު ކިޔޫއެއްގައި ޖެހެން ޖެހޭ ކަމުގައިވެސް ބުނެފައި ވެއެވެ.
އާމްދަނީ ހޯދުމަށް ކުރަމުން އައި އޮޓޯ ދުއްވުމުގެ މަސައްކަތް ހުއްޓާލައި އިންސާނިޔަތަށްޓަކައި އެހީތެރިވުމުގެ ގޮތުން އޭނާ އަންނަނީ އިސް ސަފުގައި، ހިލޭ ސާބަހަށް، ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންނެވެ.
ޖާވިދު ހާނުގެ މި މަސައްކަތަށް މީހުންގެ ތައުރީފާއި ލޯބި އަންނަނީ ލިބެމުންނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް