މި ރޯދަމަހަށް ހާއްސަ ކޮށްގެން ވަން ކިޗަންގެ ނަމުގައި މި ގެނެސް ދޭ ލިޔުންތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.
ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސް ދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރު ކޮށްދެނީ އެ ރެސްޓޯރަންޓްގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ތައި ގުރީން ޗިކަން ކަރީ ރެސިޕީއެވެ.
100ގ ބީންސް (1 އިންޗިއަށް ކުދިކޮށް ކޮށާފައި)
100ގ ބަށި (ހަތަރެސްކަނަށް ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ތެޔޮ
1 ލޮނުމެދު (ކުދިކޮށް ކޮށާފައި)
1 ސައިސަމުސާ އިނގުރު (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ތައި ގްރީން ކަރީ ޕޭސްޓް
400 މލ ކާށިކިރު
2 ސައިސަމުސާ ފިޝް ސޯސް
1 ސައިސަމުސާ ހަކުރު
450ގ ކުކުޅު (ބޯންލެސް ޗިކަން ކުދިކޮށް ކޮށާފައި)
2 ކަފިއާ ލައިމް ލީވްސް (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީސަމުސާ ބެސިލް
1 މޭޒުމަތީސަމުސާ ސިލާންޓްރޯ
1'' ލެމަންގްރާސް
ބީންސްކޮޅު ތިން މިނެޓު ވަންދެން ފެނުކައްކާލުމަށްފަހު ވަކިން ބަހައްޓާށެވެ. ވަކިން ތަވައެއްގައި ތެޔޮ ކޮޅެއް ހޫނުކުރުމަށްފަހު ލޮނުމެދު، ފިޔާ، އިނގުރު އަދި ލެމަން ގުރާސްކޮޅު އަޅާލައި މުށި ކުލައެއް އަރަންދެން ކައްކާލާށެވެ. ކުލަ ގަދަވަންދެން ނުބަހައްޓާ އުނދުން ނިވާލުމަށް ސަމާލުކަން ދޭންވާނެއެވެ.
ކުކުޅު މަސްކޮޅާއި ތައި ގުރީން ކަރީ ޕޭސްޓް އަޅާލާ ރަނގަޅަށް އެއްކޮށްލަމުން ކައްކާލާށެވެ. އަދި ކާށި ކިރުކޮޅު މީގެ ތެރެއަށް އެއްކޮށްލާށެވެ. ރަނގަޅަށް ކެކިގަންނަން ފެށުމުން، ތައީ ފިޝް ސޯސް އަދި ހަކުރުކޮޅު އެއްކޮށްލުމަށްފަހު ގިނި މަޑުކުރުމަށްފަހު ކުކުޅު ކޮޅު ރޯފިލަންދެން އަށް މިނިޓުވަރު މަތި ޖަހައިގެން ކައްކާލާށެވެ.
އެއަށްފަހު ކުރިން މަޑު ކުރި ބީންސް ކޮޅާއި ކޮށާފައި ހުރި ބަށި، ކަފިއާ ލައިމް ލީވްސް، ބެސިލް އަދި ސިލަންޓްރޯ އެއްކޮށްލައި އިރުކޮޅެއް ވަންދެން ކައްކާލުމަށްފަހު އުނދުން މަތިން ބާލާށެވެ.
ވަން ރެސިޕީ
ވަން ރެސިޕީ